Advertisement

ދިރާގުގެ އިވެންޓެއްގެ ތެރެއިން ---

16 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައިފި

ޓެކްނިކަލް މައްސަލައެއް ދިމާވެ ދިވެހިރާއްޖެގެ ގުޅުން ޕްރައިވެޓް ލިމމިޓެޑް، ދިރާގުން ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ، އެކުންފުނީގެ މޯބައިލް އިންޓަރނެޓް އަދި، ފައިބަރ ބްރޯޑްބޭންޑް ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް، ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދިމާވިމައްސަލަ ހައްލު ކުރުމަށް ދިރާގުގެ ޓެކްނީޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި، ޚިދުމަތް ލިބުމުގައި ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ދިރާގަކީ، ރާއްޖޭގައި ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އަދި ދިވެހިރާއްޖޭގެ ނަމްބަރ 1 ނެޓްވޯކަކީވެސް ދިރާގެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.