Advertisement

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ގުރުއަތުލުމުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން.

16 Feb 2024
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ގުރުލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމުގެ ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިގޮތުން މިއަދު މެންދުރު ފަހު، 14:30 އިން ފެށިގެން، 18:30 އާއި ހަމައަށް ގުރުއަތުލުން ކުރިޔަށް ގެންގޮސް، 93 ދާއިރާއަށް ވާދަކުރާ 381 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު މިހާރު ވަނީ ތަރުތީބުކޮށްފައެވެ.

ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުން ބާއްވާފައި ވަނީ، އިންތިޚާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަވީ، މިމަހުގެ 14 ވަނަ ދުވަހަށެވެ. އަދި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައި އޮތީ، މާރިޗު މަހުގެ 17 ވަނަ ދުވަހެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވުމަށް ލާޒިމްކޮށް، އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި ނަމަ، ނުވަތަ އަނބުރާ ފޮނުއްވާ ލެއްވުމަށްފަހު، މަޖިލީހުން ހަމަ އެއޮތްގޮތަށް އަލުން ފާސްކުރައްވައިފިނަމަ، އެބިލް ޤާނޫނަކަށްވެ ޢަމަލުކުރަންޖެހޭނެތީ، މާރިޗު 17ގައި އިންތިޚާބު ބޭއްވިދާނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.