Advertisement

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ -- ފޮޓޯ: އަލްޖަޒީރާ

16 Feb 2024
ދުނިޔެ
ޢަލީ ސުލައިމާން

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރުވެއްޖެ

ރަޝިއާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވަލްނީ ޖަލު ބަންދުގައި ހުންނަވަނިކޮށް މަރުވެއްޖެއެވެ.

ކްރެމްލިން އިން ވަނީ ނަވަލްނީ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި ނަވަލްނީގެ މަރާއި ގުޅޭ މައުލޫމާތު، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް އަރުވާފައިވާ ކަމުގައި، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ ވިދާޅުވެފައެވެ.

ނަވަލްނީ ޖަލުގައި މަރުވެއްޖެކަމަށް ރަޝިއާގެ ރަސްމީ ފަރާތްތަކުން އިއުލާނު ކުރި އިރު އޭނާ ގެންދެވީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ނަވަލްނީއަކީ ރަޝިއާގެ މިހާރުގެ ރައީ ލަޑިމިއާ ޕޫޓިންގެ ސަރުކާރާާއި ދެކޮޅަށް، ރަޝިއާގެ ތެރޭގައި އެންމެ ބޮޑެތި ސިޔާސީ ހަރަކާތްތައް ހިންގެވި ލީޑަރެވެ. މީގެ ކުރިން އޭނާ މަރާލުމަށް ޒަހަރުވެސް ދީފައިވާ އިރު އެކަމުގައިވެސް ތުހުމަތުކުރެވިފައި ވަނީ، ރަޝިއާގެ ސަރުކާރަށެވެ.

ނަވަލްނީ މަރުވެއްޖެކަމަށް ރަޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނުމާއި އެކު، ނަވަލްނީގެ މަރާއި މެދު ޔޫރަޕުގެ ޤައުމުތަކުގެ ވެރިިންނާއި ސިޔާސީ ލީޑަރުންވެސް ވަނީ ސުވާލު އުފައްދާފައެވެ. ނަވަލްނީގެ މަރުގެ ޒިންމާ ރަޝިއާ ސަރުކާރުން އުފުލަން ޖެހޭނެ ކަމުގައިވެސް ޔޫރަޕްގެ ލީޑަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.