Advertisement

ރާއްޖޭގެ ނޫސްތައް --

15 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރަޖިސްޓްރީ ނުކުރާ ބައެއް ނޫސްތަކަށް ފިޔަވަޅު އަޅަން މީޑިއާކައުންސިލުން ނިންމައިފި

ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ބައެއް އޮންލައިން ނޫސްތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ، އެކައުންސިލަށް ހުށައެޅިފައިވާ ޝަކުވާ ތަކާއި ގުޅިގެން، ދިޔަވަރު، ކުރުސީ އަދި ދޮންއަމާގެ ނަމުގައި ހިންގަމުން އަންނަ ތިން އޮންލައިން ނޫހަށް ފިޔަވަޅު އަޅާނެކަމަށެވެ. އެހެން ނަމަވެސް އެނޫސްތަކާއި ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅެއްކަން އެ ކައުންސިލުން ހާމަކޮށްފައެެއް ނުވެއެވެ.

މީގެ ކުރިން ދިޔަވަރާއި، ކުރުސީ ޑޮޓްކޮށް ވަނީ ސަރުކާރުން ކަމާއި ބެހޭ ފަރާތްތަކަށް އަންގައިގެން ބްލޮކްވެސްކޮށްފައެވެ. އެހެން ނަމަވެސް މީޑިއާތަކާއި މެދު ފިޔަވަޅު އެޅުމުގެ ޤާނޫނީ އިޙްތިޞާސް އޮތް މުއައްސަސާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްކަމަށްވުމާއި އެކު އެކައުންސިލާއި ބެހުމެން ނެތި ސަރުކާރުން ނޫސްތައް ބުލޮކް ކުރުމުން ކުރިމަތިވި ފާޑު ކިޔުންތަކާއި އެކު ފަހުން ވަނީ އެނޫސްތައް ދޫކޮށްލާފައެވެ.

މީޑިއާ ކައުންސިލުން އެކަމާއި ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ނޫސްތަކުން ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަކަމަށް ބުނެ އެކައުންސިލަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަދަ ގިނަ ޝަކުވާތައް ހުށައަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންގެ ފަރާތްޕުޅުންނާއި، އަދި އެނޫސްތަކުގައި އެބޭފުޅުންގެ ވާހަކަތައް ލިޔަމުން އަންނަ ބޭފުޅުންގެ ފަރާތްޕުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ.

މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވާ، ރެޖިސްޓްރީ ނުކޮށް ހިންގާ ތިން އޮންލައިން ނޫހަކީ، މިސަރުކާރާއި ސަރުކާރުގެ ވެރިންނަށް ފާޑުކިޔައި ލިޔުންތައް ޝާއިޢު ކުރަމުން އަންނަ ތިން އޮންލައިން ނޫހެވެ. އެނޫސްތަކުގައި ބައެއް ޚައްޞާސް މައްސަލަތަކުގައި، ކަނޑައެޅިގެން ދޮގުމައުލޫމާތުތައް ފަތުރާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.