Advertisement

ލޭބަރ ރިލޭޝަންސް އޮތޯރިޓީ -- ފޮޓޯ: ނޫން.އެމްވީ

16 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދަމަސް ފެށުމުގެ ކުރިން ރޯދަމަހުގެ އިނާޔަތު ފައިސާ ދޭން އަންގައިފި

މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

ރަމަޟާންމަހުގެ އިނާޔަތު ފައިސާ އަކީ، ޤާނޫނު ނަމްބަރު، 2/2008، ވަޒީފާ އާއި ބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަަކަށް، ވަޒީފާ ދޭ ފަރާތުން ދިނުން ލާޒިމްކޮށްފައިވާ ފައިސާއެކެވެ. މިގޮތުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި ރަމަޟާން މަސްފެށުމުގެ ކުރިން، -/3000ރ ދޭންޖެހެއެވެ. 

ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ރަމަޟާންމަހުގެ އިނާޔަތު ފައިސާ ރަމަޟާމަސް ފެށުމުގެ ކުރިން މުވައްޒަފުންނަށްދޭން އެންގި ނަމަވެސް، އެ އެންގުމާއި އެއްގޮތަށް ދިވެހިން ވަޒީފާގައި ގެންގުޅޭ އަމިއްލަ ކުންފުނިތަކުން މީގެ ކުރީގެ އަހަރުތަކުގައިވެސް ޢަމަލުކޮށްފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށޭނީ، ކަލަންޑަރުގައިވާ ގޮތުން، އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.