Advertisement

ގުޅިފަޅު -- ފޮޓޯ: ނޫން.އެމްވީ

15 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅިފަޅުގެ މަސައްކަތް ހުއްޓުވި އަމުރު ދައުލަތުން އިސްތިއުނާފު ކުރަނީ

ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް އަންގައި، އިއްޔެ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު އަމުރުން، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް އިސްތިއުނާފަށް ހުށައަޅުއްވާނެ ކަމުގައި، ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްކަމަށާއި، އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ދުވަހެއް ކަމަށެވެ. އެހެން ކަމުން، ދައުލަތުގެ ފަރާތުން އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފައި ކަމުގައިވެސް ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް ވިދާޅުވިއެވެ.

ހައިކޯޓުން ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް އަންގައި ވަގުތީ އަމުރު ނެރެފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެކޮޅަށް، އަމިއްލަ ފަރާތަކުން ސިވިލްކޯޓަށް ހުށައެޅި ވަގުތީ އަމުރާއި ގުޅޭ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފް ކުރުމާއި ގުޅިގެންނެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް، ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދިޔައީ، ހ. ޝޭޑީކޯނަރ، ޙުމައިދާ ޢަބްދުލްޤަފޫރެވެ.

މިމައްސަލައަކީ 2021 ވަނަ އަހަރުންފެށިގެން، ސިވިލްކޯޓުގައި ހިނގަމުން އަންނަ މައްސަލައެކެވެ. ސިވިލްކޯޓުން އެމަޝްރޫޢު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިނުމުން އެމައްސަލަ ޙުމައިދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ. ފަރުތަކުގެ ޙިމާޔަތުގައި ޙުމައިދާ އެދުނު ގޮތަށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި މި ވަނީ، ގާތްގަނޑަކަށް 3 އަހަރު ފަހުންނެވެ. 

ސިވިލްކޯޓަށް ޙުމައިދާ ހުށައަޅުއްވާފައި ވަނީ، ގުޅިފަޅު މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެމަޝްރޫޢު ހުއްޓުވުމަށެވެ. ސިވިލްކޯޓުގައި އަދިވެސް އެމައްސަަލަ ނުނިމި ހިނގަމުން އަންނައިރު، ކޯޓުގައި މައްސަލަ އޮތް ނަމަވެސް މިހާތަނަށް ގުޅިފަޅުގެ ބިންހިއްކުމާއި އެތަން ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ސަރުކާރުން އައީ ހުއްޓައިނުލައި ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.