Advertisement

ޖުމްހޫރީޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން --

15 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޖުމްހޫރީ ޕާޓީން މިފަހަރު ކެންޑީޑޭޓުން ނެރުނީ 10 ދާއިރާއަކަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީން 10 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ޤާސިމް އިބްރާހިމްގެ ޕާޓީ، ޖުމްހޫރީޕާޓީން މިފަހަރު، މަޖިލިސް އިންތިޚާބަށް ނެރުނު ކެންޑިޑޭޓުންގެ ތެރޭގައި، ކުރީގެ ދެމެމްބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީޕާޓިީން ނެރުނު ކެންޑިޑޭޓުން:

1- ޤާސިމް އިބްރާހިމް - މާމިގިލީ ދާއިރާ.

2- ޢާއިޝަތު ނަޙްލާ - ހުޅުމާލެ ދެކުނު ދާއިރާ.

3- ޑރ. އަމީން އިބްރާހިމް - ހެންވޭރު ހުޅަނގު ދާއިރާ.

4- އަލްއުސްތާޛު ޢަލީ ޙުސައިން - ކެންދޫ ދާއިރާ.

5- އަޒްލީން އަޙްމަދު - ދުވާފަރު ދާއިރާ.

6- މުޙައްމަދު ނާޞިރު - އޭދަފުށީ ދާއިރާ.

7- ޙުސައިން ޝަހުދީ - ނޮޅިވަރަމް ދާއިރާ.

8- ޢަބްދުﷲ އަޙްމަދު - ތިނަދޫ އުތުރު ދާއިރާ.

9- ޢަބްދުﷲ އަމީން - އުނގޫފާރު ދާއިރާ.

10- ނިޝާމާ މުޙައްމަދު - ދާންދޫ ދާއިރާ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖުމްހޫރީޕާޓިގެ ފަރާތުން ވާދަކުރައްވާ ޤާސިމް އިބްރާހީމާއި، ޢަލީ ހުސައިނަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އެދެބޭފުޅުން ކުރިމަތިލައްވާފައި ވަނީ މިހާރުވެސް އެބޭފުޅުން ތިއްބެވި ދާއިރާ ތަކަށެވެ. މީގެ އިތުރުން، ޢަބުދުﷲ މުޙައްމަދާއި، ޙުސައިން ޝަހުދީއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.