Advertisement

ކުރީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ---

18 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުން އެދޭ މިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް އެންމެން އަތުގުޅާލަންވެއްޖެ

ރައްޔިތުން އެދޭ މިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް އެންމެން އަތުގުޅާލަންވެއްޖެކަމުގައި އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މުހިއްމު ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ، އަދި ދައުލަތުން ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު، (ނ.ޣ.ޢ.ވ) އަރުވާފައިވާ، ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު އިއުލާނުކޮށްފައިވާ އެޕާޓީގެ ރައީސަކު ހޮވުމުގެ އިންތިޚާބުގައި އެ މަޤާމަށް އެމަނިކުފާނު ވާދަކުރައްވާނެކަން ހާމަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

ޢަބުދުﷲ ޝާހިދު ވިދާޅުވީ، އެމް.ޑީ.ޕީ ގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ގަސްތުކުރައްވާ ކަމަށާއި، ޕާޓީގެ ލޮބުވެތި މެމްބަރުންގެ ތާއީދާ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.  

"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމް ޑީ ޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް އެންމެންއެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލިކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ."

ޢަބުދުﷲ ޝާހިދު --

ޢަބުދުﷲ ޝާހިދަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. ފޮރިން މިނިސްޓަރުގެ މަޤާާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ އިތުރުން، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބުދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.