Advertisement

ކަޅުއޮއްފުންމި އައު ކުރުމަށްޓަކައި މަށާލާފައި -- ފޮޓޯ: ޠާރިޤު

18 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ސާފު ކުރުމުގެ ބަދަލުގައި "ކަޅުއޮއްފުންމީ"ގައި ރޮންދާ އަޅައި މަށާލައިފި

މުހައްމަދު ތަކުރުފާނުގެ ޖިހާދާއި ގުޅިފައިވާ އުޅަނދު، ކަޅުއޮއްފުމީގެ ނަކަލެއްގެ ގޮތުގައި ބަނދެފައިވާ އޮޑީގެ ބޭރު ހަޑިވުމުން، ސާފު ކުރުމުގެ ބަދަލުގައި ރޮންދާއަޅައި މަށާލައިފިއެވެ.

މިސަރުކާރުން ވަނީ، ކަޅު އޮއްފުންމި މާލެ ގެނެސް، މާލޭ ކަޅުވަކަރު މިސްކިތުގެ ގޯތި ތެރޭގައި އެހެލާފައި ބާއްވާފައެވެ. މީގެ 8 އަހަރު ކުރިން ބަނދެފައިވާ އެއޮޑީގެ ބޭރު ހަޑިވެފައި ވާތީ ސާފު ކުރުމުގެ ބަދަލުގައި ރޮންދާ އާއި ގްރޭންޑަރު އަޅައި މަށާލާފައި ވާތީ، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ، ސްޓޭޓް މިނިސްޓަރ މުހައްމަދު ޠާރިޤު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ޠާރިޤު ވިދާޅުވީ، ދިރާސާތައްކޮށް، ވަކި މިންތަކަކަށް ބަނދެފައިވާ އެއުޅަނދު ހަޑިވުމުން، އެ ރީތިކުރުމަށް މަށައިލުމަކީ އެއީ އެކަން ކުރާ ގޮތް ނޫންކަމަށެވެ. އަދި އެއޮޑިއަކީ، ގިނަ ދުވަސް ވާވަރަކަށް އޭގެ މުހިއްމުކަން ބޮޑުވާނެ އެއްޗެއްކަންވެސް ޠާރިޤު ފާހަގަކުރެއްވިއެވެ.

ޠާރިޤަކީ، ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެންވެސް ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކާއި، ރުއް ނިރޮޅުން އަޅާފައިވާ މިސްކިތްތަކުގެ މަތިވަޑާންތަކާއި އެނޫންވެސް އާސާރީތަކެތި ރައްކާތެރިކުރުމާއި އައުބައުތުރަ ފިލުވުމުގައި މަސައްކަތް ކުރައްވައި، އެކަންކަމުގެ ފަންނީ ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.

ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅު އޮއްފުންމީގެ ނަކަލު، ފެނަށް ބާލާފައި ވަނީ، 02 ޑިސެމްބަރު 2015 ގައެވެ. އެއޮޑި ބަނދެފައި ވަނީ އިހުގައި ދިވެހިން އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތަށް، ކުރެދި އިއްޔާއި، ނިރޮޅު ބޭނުންކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.