Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމްޑީޕީއަށް ސޮއެކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --

22 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެމްޑީޕީއަށް ސޮއެކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމްޑީޕީއަށް ސޮއެކުރައްވައި އެޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއެކުރެއްވުމަށްފަހުގައި ޕާޓީގެ މެމްބަރޝިޕްފޯމް ވަނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހަވާލުކުރައްވާފައެވެ.

ފައިޞަލް ނަސީމް ސިޔާސީ މަސައްކަތްޕުޅު އެންމެ ފުރަތަމަ ފެއްޓެވީވެސް އެމްޑީޕީއާ އެކުގައެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭގެ ފަހުން ޖުމްހޫރީޕާޓީ އާއި ގުޅިވަޑައިގެން އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ފައިޞަލް ވަޑައިގެންނެވީވެސް، ގުޅިފައިވާ ޕާޓީތަކުން ނެރޭ ރަނިންމޭޓް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ތެރޭގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގެ އިތުރުން އެމަނިކުފާނު ވަނީ މަދު ވަގުތުކޮޅަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައިވެސް އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެއެވެ. 

ފައިސަލް ނަޞީމަކީ، ރާއްޖޭގެ ވެރިކަމުގެ ހަޔާތުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ދައުރު ފުރަތަމަ ފަހަރަށް ފުރިހަމަކުރެއްވި ނައިބު ރައީސެވެ. ވެރިކަމުގެ ދައުރު ނިމުމަށްފަހުގައި އެމްޑީޕީގެ ހަރަކާތްތަކުގައި ފައިޞަލް ނަސީމް އައީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މިގޮތުން މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑީޑޭޓް އާދަމް އާޒިމަށް ތާޢީދުކުރައްވަިއ އާދަމް އާޒިމްގެ ކެމްޕޭން ހަރަކާތްތަކުގައި ފައިސަލް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޔާސީ ޚިދުމަތްތަކާއި އިޖުތިމާޢީ ޚިދުމަތްތަކުގައި އެމަނިކުފާނު ވަނީ އާއްމުގެ ލޯތްބާއި އިޚްތިރާމް ހޯއްދަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.