Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް --

23 Feb 2024
ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަޤާމުން ވަކިކޮށްގެން ވިޔަސް ރޯދަމަހު އިންތިޚާބު ބޭއްވުން ހުއްޓުވާނެ ކަމުގައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެއްޖެ

ރޯދަމަހުގައި އިންތިޚާބު ބޭއްވުން ހުއްޓުވުމަށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން އިއްޔެ ހަވީރު މަޖިލީހުގެ އިދާރާއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަލީމް ވިދާޅުވީ، މާރިޗު 17ގައި މަޖިލިސް އިންތިޚާބު ބާއްވަން ތާވަލުކޮށްފައި އޮތް އިރު، އެތާރީޚުގައި އިންތިޚާބު ބާއްވަނީ، ރައްޔިތުން އެދޭ ގޮތާއި ޚިލާފަށް ކަމަށެވެ. އަދި ރޯދަމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަކީ ރައްޔިތުން އެދޭ ގޮތް ނޫންކަމަށާއި، ޤާނޫނުގައި މިހާރު ހުރި ތާރީޚްތަކަށް ބަލާއިރު، ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނެތްކަމުގައި ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ރޯދަމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމައި އިއުލާނުކުރީ، ރޯދައިގެ ފަހަށް އިންތިޚާބު ލަސްކުރުމަށް މަޖިލީހުންނާއި، ރައްޔިތުންވެސް އެދެމުން ދަނިކޮށްކަމަށެވެ. އަދި ސަރުކާރު ޕާޓީގެ ގިނަ މެމްބަރުންވެސް މަޖިލިސް އިންތިޚާބު ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް ބޭނުން ނުވާ ކަމުގައި ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، އެހެންކަމުން، މަޖިލިސް އިންތިޚާބު ރޯދަމަހު ނުބާއްވައި ފަސްކުރެވޭނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަކިކޮށްގެން ކަމަށް ވާނަމަ އެކަންވެސް ކުރަން ތައްޔާރަށް ތިއްބެވިކަމަށެވެ.

"އެހާ ސާފުކޮށް އޮތް ކަމެއްގައި، އިލެކްޝަންސް ކޮމިޝަނުން ޤާނޫނު، އެއީ ސަބަބެއް ކަމަށް ދައްކާފައި، އަސްލު ސަބަބެއް ނުވެސް ނެތް މިކަމުގައި. މިކަން ކުރިޔަށް ގެންދަވާ ކަމުގައި ވަނީ ނަމަ ދެން އޮތް ގޮތަކީ، އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެކަން ދެއްކުން ދެއްތޯ؟ އެހެންވީމާ އެމަގުން އެކަން ކުރަންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަމޭ."

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ޞަލީމް --

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހު ނުބޭއްވުމަށް ސިޔާސީ ޕާޓީތަކުން ބޭނުންވާއިރު، އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ބަދަލު ގެނެސް ރޯދަމަހު އިންތިޚާބު ބޭއްވުން މަނާކޮށް، އެބިލް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން ވަނީ ފޮނުއްވާފައެވެ. އަދި އެބިލާއި މެދު މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހިވަޑައިގަންނަވާނެއެވެ. އިންތިޚާބު ފަސްކުރަން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ބޭނުން ނުވާއިރު، އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފާނެ ކަމަކަށް ނުބެލެވެއެވެ. އަދި ބިލް ތަސްދީޤު ނުކުރައްވައިފިނަމަ، މަޖިލީހުން އެބިލް ދެވަނަ ފަހަރަށް ކުރިން އޮތް ގޮތަށް ފާސްކޮށްފިނަމަ، ބިލް ތަސްދީޤުކުރުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.