Advertisement

އެމްޑީޕީގެ މަޖިލިސް ޝިއާރް --

22 Feb 2024
އެމް. ޑީ. ޕީ
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބަށް އެމްޑީޕީން މިފަހަރު ނުކުންނަނީ، މިސްރާބު ހަމަ މަގަށް އެޅުވުމަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން މިފަހަރު ކަނޑައެޅި ޝިއާރު ޢިއުލާނުކޮށްފިއެވެ.

އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ރައްޔިތުންގެ މަޖިލީހަށް އެޕާޓީން ކަނޑައެޅި ޝިޢާރަކީ، "މިސްރާބު ހަމަ މަގަށް" މިޝިއާރެވެ. 

ކޮންމެ އިންތިޚާބަކަށްވެސް އެމްޑީޕީން ޝިއާރެއް ކަނޑައަޅާއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެޕާޓިން ކަނޑައެޅި ޝިއާރަކީ، "އެޖެންޑާ 19" އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދަ ޑިމޮކްރެޓްސްއިންވެސް ޝިއާރެއް ކަނޑައަޅާފައިވާ އިރު، އެޕާޓީގެ ޝިއާރަކީ، "ފާރަވެރި މަޖިލިސް"އެވެ.

އންތިޚާބުތަކާއި ސިޔާސީ އެއްވުންތަކާއި ޖަލްސާތަކަށް ޚާއްސަ ޝިއާރުތައް ކަނޑައަޅައިގެން މަސައްކަތްކުރުމުގެ ސަޤާފަތަކީ އެމްޑީޕީން އުފަންކުރި ސިޔާސީ ސަޤާފަތެކެވެ.

"އެޖެންޑާ 19"ގެ ޝިއާރުގެ ދަށުން ނުކުމެ، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ތާރީޚީ ރެކޯޑެއް ހެދިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެފަހަރު ހޯދީ އެމްޑީޕީންނެވެ. އެއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އެއްޕާޓީއަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.