Advertisement

ފޮޓޯ: ރައީސް އޮފީސް

21 Feb 2024
ޚަބަރު

ގައްދޫއާއި މާވަރުލު އެއަރޕޯޓް އެއްގަމު މަގުން ގުޅާލާނަން: ރައީސް

ގދ. ގައްދޫއާ އެ ރަށު ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. 

ގައްދޫއަށް ވަޑައިގައިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓުގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން މާވަރުލު އެއާޕޯޓާއި ގައްދޫ، އެއްގަމު މަގުން ގުޅާލުމަށް މަޝްރޫއުއެއް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

"އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދީ އެ އެއާޕޯޓާ [މާވަރުލު އެއާޕޯޓު] މި ރަށް އެއްގަމުން ގުޅާލަދޭނަން،"

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް މިއަހަރުގެ ބަޖެޓުގައި މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމަނާފައި ނުވި ނަމަވެސް، ބަޖެޓުން ޖާގަ ހޯދައި ގައްދޫ ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނެ ކަމަށެވެ.

ގައްދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް، ހޮސްޕިޓަލު ގާއިމުކުރުމުގެ މަޝްރޫއު އަދި ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ. އަދި ގދ. ގަން ގައްދޫ ކައުންސިލުގެ އިހުތިސާސުގައި ހިމެނުމަށް އެމަނިކުފާނު މީގެ ކުރިން ވެވަޑައިގަތް ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.