Advertisement

ރައްޔިތުންގެ މަޖިލިސް ---

21 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދަމަހު އިންތިޚާބު ނުބާއްވާގޮތަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ނުކުރައްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

މިއަންން މާރިޗު މަހު 17ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޢިއުލާނުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރުން ލާޒިމްވާ ގޮތަށް، އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުން ލަސްކުރައްވަމުން ގެންދަވާކަމަށް ބުނެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ވަހީދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ، އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށް، ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ އިރު، އެބިލް ތަސްދީޤުނުކޮށް ލަސްވަމުންދާތީ އާއްމުންނާއި، ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އެބަހުރި ކަމަށެވެ. އެއާއެކު އިންތިޚާބު ބޭއްވޭނެ ތާރީޚު އޮތީ ސާފު ނުވެ ކަމުގައިވެސް ވަހީދު ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ، މާރިޗު 17 ވާ އާދީއްތަ ދުވަހެވެ. އެދުވަސް ދިމާވަނީ ހިޖުރީ ކަލަންޑަރު ބަރަކާތްތެރި ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ. އިލެކްޝަންސް ކޮމިޝަނުންވެސް ވިދާޅުވެފައި ވަނީ މިހާރު ޤާނޫނުގައި މުއްދަތުތައް ކަނޑައަޅާފައި އޮތް ގޮތުން، ރޯދަމަހުގެ ތެރޭގައި ނޫންގޮތަކަށް މަޖިލީހުގެ އިންތިޚާބު ބޭއްވެން ނެތްކަމަށެވެ. އެހެންވެ ޤާނޫނަށް ބަދަލުގެނައުމަށް އިލެކްޝަންސް ކޮމިޝަނުންވެސް މީގެ ކުރިން މަޖިލީހުގައި އެދިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙްގައި ހިމަނާފައިވަނީ، އެއްވެސް އިންތިޚާބެއް ރަމަޟާންމަހުގެ ތެރޭގައި ނުބޭއްވުމަށެވެ. މިގޮތުން މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބާއްވަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނު އިސްލާހްކޮށްފައެވެ. އެބިލް ތަސްދީޤުކުރެއްވުމަށް މި ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި ވާއިރު، ބިލް ތަސްދީޤުކުރުމާއި ނުކުރެއްވުމުގެ ނިންމެވުން ނިންމެވުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ 14 ދުވަހުގެ މުހުލަތު، މިފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލައްވައިފިނަމަ އެބިލް މަޖިލީހުން ދެވަނަ ފަަހަރަށް ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ތަސްދީޤުކުރައްވަން ޖެހިވަޑައިނުގެން ޤާނޫނަކަށް ވެގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މާރިޗު 17ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބު އެތާރީޚަށްވުރެ ފަސްކުރާކަށް ސަރުކާރުން ބޭނުން ނުވި ނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންވަނީ، މަޖިލިސް އިންތިޚާބު ރޯދައިގެ ފަހަަށް ލަސްކުރާށެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅުފަރާތްތަކަށް ކަމުގައި ވާތީ، މަޖިލިސް އިންތިޚާބު ބޭއްވުމާއި ގުޅޭ ކަންކަން ނިމިގެންދާނީ، ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމުގައި ވަނީ ބެލެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.