Advertisement

ގއ. ވިލިގިލީފަޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކުރުން --

22 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގއ ވިލިގިލީގައިވެސް އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއެކޮށްފި

ގއ. ވިލިގިލީގައިވެސް، އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ބަޔަކާއި އެކު އެކަމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ގއ. ވިލގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއެކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ، ބެސިކްސް ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެކުންފުންޏަކީ، ދުބާއީގެ ބުރުޖް ޚަލީފާ ޢިމާރާތްކުރުމުގައިވެސް މަސައްކަތްކޮށްފައިވާ ކުންފުންޏެކެވެ.

މިކުންފުންޏަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ 50 އިންސައްތަ ޙިއްސާ އޮންނަނީ، މިސްރުގެ ކުންފުންޏަކަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާހް ވިދާޅުވީ، ބެސިކްސް ކުންފުންޏަކީ، މިދިޔައަހަރުވެސް 300 މިލިއަންޑޮލަރުގެ ސާފު ފައިދާ ވެފައިވާ ކުންފުންޏެއް ކަމަށެވެ.

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޓަގްރޭޑެޓް ޓޫރިޒަމް ހަބް މަޝްރޫއެއްް މިއަދު އިއުލާނުކުރި އިރު، އެމަޝްރޫއާގުޅޭ ވޭރިއަސް ތްރީޑީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.

ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާހް ވިދާޅުވީ، މުޅި އެ މަޝްރޫޢުގެ އަގަކީ، 800 މިލިއަން ޑޮލަރު ކަމަށެވެ. މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، ގއ. ވިލިގިލިފަޅު ހިއްކައިގެންނެވެ.

ވިލިގިލީފަޅުގައި ބޮޑު އިންޓަރނޭޝަލް އެއާޕޯޓެއް އެޅުމަށް އެކަމުގެ ފަހުމުނާމާގައި މިއަދު ސޮއެކުރި، ވިލިގިއްޔާއި ޖެހިގެން އޮތް ކޫއްޑޫގައިވެސް ޑޮމެސްޓިކް އެއާޕޯޓެއް އޮވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.