Advertisement

ޕެނަޑޯލް

22 Feb 2024
ޚަބަރު

ޕެނަޑޯލްގައި މައްސަލައެއް ނެތްކަމަށް ނިންމައި ވިއްކުމުގެ ހުއްދަ އަލުންދީފި

ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އައި ޕެނަޑޯލްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން، އެބޭސް ވިއްކުން ވަގުތީގޮތުން މަނާކޮށް ކުރި ތަޙްލީލުތަކަށް ފަހުގައި އެބޭހުން މައްސަލައެއް ފާހަގަނުވުމުން މާކެޓްގައި ވިއްކުމުގެ ހުއްދަ އަލުން ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ޕެނަޑޯލްގެ 500މިލިގްރާމް ގުޅަ ބޭހުން ފާހަގަވި މައްސަލައަކީ ބޭސް ހޭންޑްލްކުރުމާއި ސްޓޯރ ކުރުމުގެ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ފާހަގަވި މައްސަލައެއް ކަަމަށެވެ. އަދި ކޮލިޓީގެ މައްސަލަ ފާހަގަވި ބޭސްގުޅަތައް މިހާރު މާކެޓުގައި ނެތްކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ބޭސް ހޭންޑްލް ކުރުމާއި ސްޓޯރ ކުރުމުގައި، ބޭހުގެ ކޮލިޓީ ނުގެއްލޭހެން އަމަލުކުރުމަށާއި މިންގަނޑުތަކާއި އެއްގޮތަށް ބޭސް ގެންގުޅުމަށް ބޭސް ވިއްކާ ތަންތަނަށް އަންގާފައިވާ ކަމުަގައިވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ކޮލިޓީގެ މައްސަލައެއް ފާހަގަވެ ރާއްޖޭގައި ޕެނަޑޯލް ވިއްކުން މަނާކުރީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.