Advertisement

ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއެކުރުން --

21 Feb 2024
ޚަބަރު

ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓް އަޅަނީ، ބަދަލުގައި ރިޒޯޓު ހަދަން 12 ރަށް ދީފައި

ގދ. ތިނަދޫގައި އިންޓަރނޭޝަލް އެއާޕޯޓު އަޅަނީ ދައުލަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް، އެމަސައްކަތް ކުރާ ކުންފުންޏަށް ބަދަލުގައި ރިޒޯޓް ހަދަން 12 ރަށް ދިނުމަށްފަހުގައި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

އިއްޔެ ވަނީ، ތިނަދޫގައި އިންޓަރނޭޝަލް އެއާޕޯޓެއް އެޅުމަށް، މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. އްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.

މިއެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ، ގދ. ތިނަދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

އެއްބަސްވުމުގައި ސޮއެކުރެއްވުމަށްފަހު، ކޮންސްޓްރަކްޝަން މިނިސްޓަރ، ޑރ. ޢަބުދުﷲ މުައްޠަލިބު ވިދާޅުވީ، ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމާއި ހަވާލުވި ކުންފުނިން، ހުވަދު އަތޮޅުގައި 12 ރިޒޯޓު ތަރައްޤީ ކުރާނެ ކަމަށެވެ.

"މިކޮންޓްރެކްޓަރ އެކަނިވެސް 12 ރިޒޯޓެއް ތަރައްޤީކުރުމަށް ހުށައަޅާފައިވޭ. އެއީ 2400 އަށްވުރެ ގިނަ އެނދު. އެހެންކަމުން މިއީ، މިހާތަނަށް ހުވަދުއަތޮޅަށް ލިބިގެންދާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު. މިމަޝްރޫޢާއެކު ހުވަދު އަތޮޅު ބަދަލުކޮށްލާނެ. ހުވަދު އަތޮޅަކީ ދިވެހިރާއްޖޭގައި އޮތް ވަކިން، ހިނގާ ޓޫރިޒަމް ސަރަހައްދަކަށް ވެގެންދާނެ."

ކޮންސްޓްރަކްޝަން މިނިސްޓަަރ ޑރ. ޢަބުދުﷲ މުއްޠަލިބު

ތިނަދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢު ސަރުކާރުން ރޭ އިޢުލާނު ކުރިއިރު، އެމަޝްރޫއާއި ގުޅޭ ގޮތުން މާގިނަ މައުލޫމާތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބުގެ ވާހަކަފުޅުން ހާމަވެފައި ވަނީ، އެމަޝްރޫޢަކީ، ރާއްޖޭގައި މިހާރު ފަތުރުވެރިކަމުގެ ސިނާޢަތް ހިނގަމުން އަންނަގޮތާއި ޚިލާފަށް ވަކި އެއްކުންފުންޏަކަށް ޚާއްޞަ އިމްތިޔާޒާއި ބާރުތަކެއް ލިބިގެންދާނެ ގޮތަށް ހިނގާނެ މަޝްރޫއެއް ކަމަށެވެ. އެމަޝްރޫއުގެ މައުލޫމާތުތައް އެންމެ ރަނގަޅަށް ހާމަކޮށްފައިނުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

ތިނަދޫ ފަޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައި ވާއިރު، ތިނަދޫ އާއި ދާދިގާތުގައި އޮތް ކާޑެއްދޫ އެއާޕޯޓަކީ، ބުރިޖަކުން ގުޅުވައިލެވޭނެ އަދި ކުދި ލޯންޗުފަހަރުގައި 7 މިނިޓްގެ ރާސްތާއެއް އެއަރޕޯޓެކެވެ. ކާޑެއްދޫ އެއާޕޯޓު ހިންގަމުން ދަނީ ވިލާ އެއާއިންނެވެ. ކާޑެއްދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ވާހަކަތައްވެސް މީގެ ކުރީ ސަރުކާރުތަކުގައި ދެކެވިފައިވެއެވެ.

މީގެ އިތުރުން ކާޑެއްދޫ އާއި، ތިނަދޫ އެއްގަމު މަގުން ގުޅާލުމަށްޓަކައި ކޯޒްވޭތަކާއި ބުރިޖްއެޅުމަށް ބޭނުންވާ ފީސިބިލިޓީ ހެދުމަށް ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޢިއުލާނުވެސްކޮށްފައެވެ.

ތިނަދޫއަކީ، ރާއްޖޭގެ ދެކުނުން އެންމެ ބޮޑު އާބާދިއެއް އޮތް ރަށެވެ. އަދި ދިރިއުޅުމާއި ޟަރޫރީ އެހެން ބޭނުންތަކަށް، ގިނަ އަދަދެއްގެ މީހުން ތިނަދޫގައި އަންނަނީ ވަޒަންވެރިވެސް ވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.