Advertisement

ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

24 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސްޕޯޓްސް މިނިސްޓްރީގެ 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާހުކޮށްފި

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައަކަށް ބާރުއެޅުމަށް އެހީވުމަށް ފަރުމާކުރަމުންދާ 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ

މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މަރިޔަމް ވަހީދާއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެކި ދާއިރާގެ ހިދުމަތްތެރިންގެ އިތުރުން، ފިޓްނަސް ސެންޓަރުތައް ހިންގާ ފަރާތްތަކުންވެސް ބައިވެރިވިއެވެ.

'ފިޓް މޯލްޑިވްސް' އެޕްލިކޭޝަނަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތަކަށް ޚާއްޞަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި ކެއުމުގެ ޕްލޭންތަކާއި، ކަސްރަތުގެ ތަފްސީލްތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ޓްރެއިނަރުންގެ ތަފްސީލްތައް ވެސް ހުންނާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މައުލޫމާތު ދެއެވެ. މިގޮތުން ކުޅިވަރާއި ކަސްރަތުގެ ރަނގަޅު އާދަތާކާއި، ރަނގަޅު ގޮތްތަކާއި، ކަސްރަތު ތާވަލާއި، އެހެނިހެން އިލްމީ މައުލޫމާތުވެސް ހިމެނިފައިވާނެކަމަށް ވެސް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

މި އެޕްލިކޭޝަން އަދި އެޕަލް ސްޓޯރުން ފެންނާކަށް ނެތެވެ. ނަމަވެސް ވެބް ބްރައުޒާއިން http://fitmaldives.sports.gov.mv/ ޖެހުމުން ފިޓް މޯލްޑިވްސްގެ ވެބްސައިޓަށް ޒިޔާރަތް ކުރެވެއެވެ. މި ވެބްސައިޓުގައިވާގޮތުން، ފިޓް މޯލްޑިވްސް އެޕްލިކޭޝަން ލޯންޗުކުރާނީ މާޗު 8 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.