Advertisement

ވެމްކޯގެ ބަޔަކު ކުނި އުފުލަނީ. ފޮޓޯ: ސޯޝަލް މީޑިއާ

25 Feb 2024
ޚަބަރު

ކުނި އުކުމުގެ ހިދުމަތްދޭ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި

މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފިއެވެ.

މިފަދަ އުޅަނދުތަކުން މިހާރު ނަގަނީ ޓަނަކަށް 1،060 ރުފިޔާއެވެ. ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އާންމުން ފަރާތްތަކުން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކުނި އުކައިލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް ދާ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް ވެމްކޯގެ އިއުލާނުގައިވެއެވެ.

ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750 ރުފިޔާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.