Advertisement

ރައީސް ޔާމީނާއި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ---

26 Feb 2024
ޚަބަރު

ރައްޔިތުންގެ މަޖިލީހުން އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވަން ޖެހޭ - ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ނިންމުން ތަންފީޒް ވާންޖެހޭ ކަމަށާއި، އެކަމާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ދެކޮޅު ހައްދަވާނަމަ، އެ އެމެމްބަރުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމުގައި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ފަރާތްޕުޅުން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމަނިކުފާނު ތާއީދު ކުރައްވައިގެން ވާދަކުރައްވާ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމެއް ގައެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި، މެމްބަރުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރޯދަމަސް ނިމި 10 ދުވަސް ފަހުން އިންތިޚާބު ބާއްވާގޮތަށް ޤާނޫނަށް ގެނައި ބަދަލު ތަންފީޒްވާން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް މަޖިލީހުގެ ނިންމުމަށް އަމަލު ނުކޮށް، މަޖިލީހުގެ އިންތިޚާބުގެ ކަންކަން ނިންމެވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވިގެން ނުވާނެ ކަމަށާއި މަޖިިލީހުން އެމެމްބަރުން ޖަވާބުދާތީ ކުރުވަން ޖެހޭ ކަމުގައިވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިީހުގެ އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް، އާއްމު އިންތިޚާބާިއ ބެހޭ ޤާނޫނަށް ރައްޔިތުންގެ ގެ މަޖިލީހުން އިސްލާޙް ގެނެސްފައިވާ އިރު، އެބިލް ތަސްދީޤު ކުރުމަށް މިއަދަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އެންމެ ފަހު ދުވަހެވެ. އެހެން ނަމަވެސް އެބިލް އަދި އެމަނިކުފާނު ތަސްދީޤެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުން ކަންބޮޑުވެފައި ވަނީ، ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީއެވެ. ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ރޯދަމަހުގެ ފަހުން އިންތިޚާބު ބޭއްވެން ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ބަހަނާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެގޮތް ސަރުކާރުން ބޭނުން ވެގެން ކަމުގައި ސިޔާސީ އެހެން ޕާޓީތަކުންނާއި ލީޑަރުން ތުހުމަތު ކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.