Advertisement

ފޮޓޯ: ރައީސް އޮފީސް

25 Feb 2024
ޚަބަރު

އެއަރޕޯޓާއިއެކު ދިއްދޫގައި ހޮސްޕިޓަލެއް އަޅާނެކަމަށް ރައީސް ވިދާޅުވެއްޖެ

ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށް ވީ ވައުދާއިއެކު ފެންވަރު ރަގަޅު ހޮސްޕިޓަލެއްވެސް އިމާރާތްކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގައި އެއާޕޯޓް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެ މަޝްރޫއު ފައްޓަވާދެއްވާނެ ވަގުތެއް ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އުފެދިފައި އޮތްގޮތުން ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދަށް، ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ އެންމެ މުހިންމު މަސައްކަތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ އެއަރޕޯޓްތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާތީ އެކަމަށް މީހުންގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވާކަމަށެވެ.

"ހަމައެކަނި ރައްޔިތުން ހިތްހަމަ ޖައްސާލާކަށް ނޫން އަޅުގަނޑު ވައުދުވަނީ. ކޮންމެހެން ބޭނުންވާތީ މިރަށުގަ ވެސް އެއާޕޯޓް އަޅަން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ، މުޅި ހއ. އަތޮޅަށް ފައިދާވާނެ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އަޅުއްވައިދެއްވާނެ ކަމަށެވެ. އެ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެރަށުގައި މިވަގުތު އެންމެ އެމްބިއުލާންސެއް އޮތް ނަމަވެސް، ހޮސްޕިޓަލް އެޅުމުގެ ކުރިން އިތުރު އެމްބިއުލާންސެއް ވެސް ގެނެސްދެއްވާނެ ކަމަށެވެ.

އެއާޕޯޓްގެ މަޝްރޫއާއެކު ބިން ވެސް ހިއްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެރަށުގައި ވެސް ބީހިޔާވަހިކަމުގެ ދަތިކަން އޮތްއިރު، އެކަމަށް ވެސް ރަގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ އަވަހަށް އަޅާ ހައުސިން މަޝްރޫއުތަކުގެ ތެެރެއިން އެންމެ އިސްކަމެއް ދޭ ރަށްތަކުގެ ތެރޭގައި ދިއްދޫ ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.