Advertisement

ރައީސުލް ޖުމްހޫރިއްޔާ ކެލާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

25 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ދެއްވައިފި

ޒަމާނުއްސުރެން ކެލާގެ ރައްޔިތުން އެ ރަށު ފަޅު ތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަށް ދެކެމުން އަންނަ ހުވަފެން ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ހަގީގަތަކަށް ހަދައިދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކެލާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިނުގައި ކެލަޔަށް ވަޑައިގެންނެވުމުން ރައްޔިތުން އެ މަނިކުފާނުގެ އަރިހުން ކޮށްދެން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ހަނދުމަފުޅު ހުންނެވި ކަމަށާއި، އަދި އެ ދުވަހު ވަޢުދުވެފައިވާ ގޮތަށް އެ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ

އެގޮތުން އެންމެ އިސްކަމެއް ދޭނީ ޓުއަރިޒަމާއި ގުޅުންހުރި، އެ ރަށު ފަޅުތެރޭގައި ރިޒޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ކަމުގައި ދެންނެވިއެވެ. އަދި މި ރިޒޯޓު މަޝްރޫއު ވެގެންދާނީ މުޅި އަތޮޅަށް އެ ކަމުގެ ފައިދާ ކުރާނެ މަޝްރޫއެއްކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މީގެއިތުރުން ރާއްޖޭގައި ބޭނުންކުރާ މިންވަރަށް ކާއެއްޗެހި އުފެއްދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް، ކެލާ ފަދަ ދަނޑުވެރިކަމަށް ރަގަޅު ރަށްރަށުގެ ދައުރު ބޮޑުވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެ ރަށުގައި ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވިއެވެ

ކެލާގެ އިތުރުން، ރައީސުލް ޖުމްހޫރިއްޔާ ވަނީ ހއ. ދިއްދޫއަށާއި، ހއ. ވަށަފަރަށާއި، ހއ. ފިއްލަދޫއަށާއި، ހއ. ބަރަށަށާއި، ހއ. އުތީމަށާއި އަދި ހއ. މުރައިދޫއަށް މިއަދު ވަޑައިގަންނަވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.