Advertisement

26 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް

ބާރަށުގެ އިކޯ ޓޫރިޒަމް މަޝްރޫއު އިންޓަރަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ކުރިޔަށްގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ އިޤްތިޞާދީ ގޮތުން ބަލާއިރުގައި، ރަށުގެ ތަރައްޤީއަށް އެންމެ ފައިދާ ހުރި މަޝްރޫއުކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ. 

އަދި މިއީ ރިޔާސީ ކެމްޕެއިންގައި ބާރަށު ރައްޔިތުން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއްކަމަށާއި، އެކަންކަން ފުއްދުމަށް ރެއާއި ދުވާލު މަސައްކަތް ކުރާނެ ކަމުގައި ރައީސުލް ޖުމްހުރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަޝްރޫޢު އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މަޝްރޫޢު ކުރިއަށްދާއިރު ރަށުގައި ވެހިކަލް ދުއްވުމުގައި ހުރި އުނދަގޫތައް ނައްތާލުމަށް ރިންގު ރޯޑެއްވެސް ތަރައްޤީ ކުރެވިގެންދާނެކަމުގައެވެ. 

މި މަޝްރޫއުތައް ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިއުމަށް ކުރިއަށް މިއޮތް މަޖިލިސް އިންތިހާބުގައި އެ މަނިކުފާނުގެ ޕާޓީއަށް ވޯޓު ދެއްވުމަށް ވެސް އިދެވަޑައިގެންނެވިއެވެ. މި މައުޟޫއުގައި ރައީސް އިތުރަށް ދެންނެވީ، މިހާރުގެ މަޖިލީހުން އެ މަނިކުފާނާއި ކެބިނެޓަށް ޖެއްސުންކުރާ ކަމަށާއި، އެކަނ ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.