Advertisement

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢު، ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

24 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގައުމީ ފެންވަރުގެ މޮޅެތި އެތުލީޓުން ބިނާކުރުމުގެ ދުރުރާސްތާ ޕްލޭންގެ ޑްރާފްޓު އިފްތިތާހުކޮށްފި

ރާއްޖޭގެ އެތުލީޓުންނަކީ ގާބިލް އަދި ހުނަރުވެރި އެތުލީޓުން ތަކަކަށް ހެދުމުގެ މަގުސަދުގައި، އެކަމަށް ހާއްސަ އިސްތިރާޖީ ޕްލޭނެއްގެ ޑްރާފްޓު އެކުލަވާލައި، އެ ޑްރާފްޓު އިފްތިތާހުކޮށްފިއެވެ

މިކަމަށްޓަކައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މި ދިގުރާސްތާ ޕްލޭންގެ ޑްރާފްޓު ހުށަހަޅައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢުއެވެ. 

މި ޑްރާފްޓު އިފްތިތާހު ކުރެއްވުމަށްފަހު މި ރަސްމިއްޔާތުގެ ހާޒިރީންނާއި މުހާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ރަން ވަނަތަކެއް ހޯދަން އަމާޒު ހިފައިގެން އެކުލަވާލާ ޕްލޭނެއް ކަމަށެވެ. މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މި ޕްލޭނާއިއެކު ކުޅިވަރު ކުރިއަރުވައި، އެތުލީޓުންގެ ތަމްރީންތަކާއި، ކުޅިވަރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ފަސޭހަތަކެއްވެގެން ދާނެއެވެ.

މޮޅެތި އެތުލީޓުން ބިނާ ކުރުމުގެ ދިގުރާސްތާ ޕްލޭންގެ ޑްރާފްޓަކީ ގާތްގަނޑަކަށް މަހެއްހާ ދުވަހުން އެކުލަވާލި ޑްރާފްޓެކެވެ. މި ޑްރާފްޓު މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.