Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

24 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއަހަރުގެ މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުން ރޭ ތަކުރާރުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވަމުން އަންނަ ސިލް ސިލާ ފޯރަމް "އަހާ"ގެ ދެވަނަ ފޯރަމް ރޭ ސަލްޓަންޕާކުގެ ސްޓޭޖުގައި ބާއްވާފައި ވާއިރު، އެފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފެށޭ މާރިޗުމަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށެވެ.

އެންމެ ފުރަތަމަ ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް އެނިންމުން ތަންފީޒް ކުރުން ލަސްކުރީ ދައުލަތުގެ މާލީ ހާލަތު ގޯސްވެގެންނެވެ. 

ދައުލަތުގެ މާލީ ހާަލަތު ގޯސްވެގެން، ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރުން، މާރިޗު މަހުގެ 1 ވަނަ ދުވަހަށް ފަސްކުރެއްވިކަން ފުލުހުންނާއި ސިފައިން ހާމަކުރެއްވީ، ޖެނުއަރީ 3 ވަނަ ދުވަހުގައެވެ. ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރުން ފަސްކުރި އިރަށް ވުރެ މިހާރު ދައުލަތުގެ މާލީ ހާލަތު އިތުރަށް ގޯސްވެފައި ވާއިރު، އަންނަ މަހުގެ 1 ވަނަ ދުވަހު މުސާރަތައް ބޮޑުކޮށްދެއްވާނެކަން ޢިއުލާނު ކުރެއްވުން ފިޔަވައި އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.

ދައުލަތުގެ މާލީ ހާލަތު އިތުރަށް ގޯސްވެފައި ވާތީ، ޚަރަދުތައް ކުޑަކުރެއްވުމަށާއި، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ އިދާރާތަކަށް އަންގަވާފައެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަންޖެހޭ މަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި ޚަރަދުތައް ހިނގާ ކަންކަން، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ނުފެށުމަށްވެސް ވަނީ އަންގާފައެވެ. 

ކުރިޔަށް އޮތް ދެތިން މަހަކީ، ރާއްޖެއަށް އިޤުތިޞާދީ ގޮތުން ވަރަށް ބޮޑަށް ދަތިވެގެންދާނެ ދެ މަސްދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.