Advertisement

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަންފެށި ޑޭޝް-8 މަތިންދާ ބޯޓު --

01 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނި ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް: އައިއޭއެސް

އެއާ އެމްބިއުލާންސްގެ ގޮތުގައި މިއަދު ބޭނުން ކުރަން ފެށި، ޑޭޝް-8 މަތިންާ ބޯޓަކީ ސަލަމާތީ ގޮތުން ރައްކާތެރި ބޯޓެއް ކަމުގެ ޔަޤީންކަންދޭ ކަމުގައި އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާކުންފުނި އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއާ އެމްބިއުލާންސްގެ ގޮތުގައި މިއަދު ބޭނުން ކުރަންފެށި ޑޭޝް-8 މަރުކާގެ މަތިންާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ. އެކުންފުނިން މިބަޔާން ނެރުނީ، އެބޯޓުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފައްދައި، ސޯޝަލްމީޑިއާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުން ގެންދާތީއެވެ.

އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައި ބުނީ، އެއާ އެމްބިއުލާންސްގެ ގޮތުގައި މިއަދު ބޭނުން ކުރަންފެށި މަތިންދާ ބޯޓަކީ، ކުރިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތަކުގައިވެސް ބޭނުން ކުރަމުން އައި ބޯޓެއް ކަމަށެވެ. އަދި އެއާ އެމްބިއުލާންސްގެ ގޮތުގައި އެބޯޓު ބޭނުން ކުރަންފަށާފައި ވަނީ އެމާޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމެންޓްވެސް ހަރުކޮށްގެން ކަމަށާއި، އެކުންފުނިން މަތިންދާ ބޯޓުތައް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ، ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގެ ޔަޤީންކަން ދޭކަމުގައިވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.