Advertisement

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން.

29 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ 21 އޭޕްރީލް 2024ވާ އާދިއްތަ ދުވަސްކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ކުރިން އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ވީ ނަމަވެސް އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް 21އަށް ލަސްކުރީ، ރޯދަމަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް، އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް އެބިލް މިރޭ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަިއ ގެޒެޓްކުރެއްވުމާއި ގުޅިގެން، އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށް ޤާނޫނުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ،  އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ނިންމަވައި، ވޯޓުލުން އެދުވަހުގެ ހެނދުނު 08:00 ން ހަވީރު 04:00 އަށް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ވޯޓުގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމަށާއި، ރަސްމީ ނަތީޖާ އިޢުލާންކުރާނީ 2024 އޭޕްރިލް 28 ގައި ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، އިންތިޚާބު ބާއްވާ ތާރީޚަށް ގެނެވުނު ބަދަލާ ގުޅިގެން 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްޤު ލިބިގެންދޭކަމަށާއި، ރީރަޖިސްޓްރޭޝަން އަށް އިތުރު 3 ދުވަސް ދިނުމަށްވެސް ކޮމިޝަނުން މިރޭ ވަނީ ނިންމަވާފައި ކަމަށެވެ.

ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކުރިން އިލެކްޝަން ކޮމިޝަން އިން ނިމާފައި އޮތީ ރޯދަމަހުގެ ތެރޭގައިކަމަށްވާތީ އެކަމާއި ގުޅިގެން ސިޔާސީ ޕާޓީތަކުންނާއި އާއްމު ރައްޔިތުންވަނީ، ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.