Advertisement

ހަމަލާ ދީފައިވާ ރަފާހްގެ ސަރަހައްދު، ފޮޓޯ: ރޮއިޓާސް

03 Mar 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ 14 މީހަކު ޝަހީދުކޮށްލައިފި

ދެކުނު ގައްޒާގެ ރަފާހް ސިޓީއަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 14 މީހަކު ޝަހީދުކޮށްލައިފިއެވެ. މަންޒަރުދުށް މީހަކު ބުނެފައިވާ ގޮތުގައި، ޝަހީދުކޮށްލާފައިވާ މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ މި ހަމަލާއާއި ގުޅިގެން އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.

މި ހަމަލާގެ ކުރިން އިސްރާއިލު ސިފައިން ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ރަފާހްގެ ވަގުތީ ހިޔާތަކަށް ޑްރޯން ހަމަލާއެއްދީ 11 މީހަކު ޝަހީދު ވެސް ކޮށްލާފައެވެ.

އެންމެ ފަހުން ރަފާހްއަށް ދިން މި ހަމަލާއާ ގުޅިގެން ހަތަރު ބުރީގެ އިމާރާތެއް ވަނީ ބިމާހަމަވެފައެވެ. ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި 6 ކުޑަ ކުއްޖަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ފަލަސްތީނުގައި ސަލާމަތީ މަސައްކަތް ކުރާ މީހަކު ހާމަކޮށްފައިވާ ގޮތުގައި، އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމަށް އެކަށޭނަ އާލާތްތައް އެމީހުންގެ އަތުގައި މިހާރު ވަރަށް މަދެވެ. އަދި ހަނގުރާމައިގެ 6 ވަނަ މަސް ހިނގަމުންދާއިރު، މިހާރު ތެޔޮ ލިބުން ދަތިވެފައިވުމުން، މިކަމަށް ބޭނުންވާ ބަރު އުޅަނދުތައް އޮޕަރޭޓް ނުކުރެވި ހުއްޓާލަންޖެހިފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން، މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

މި ހަމަލާގެ އިތުރުން ހުޅަނގު އައްސޭރީގެ ގިނަ ސަރަހައްދުތަކަށް ވެސް އިސްރާއިލުން އަންނަނީ ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ތުލްކަރެމް އާއި ގަލްގިލްޔާ ސިޓީގެ އައްޒުން އަދި ޖައްޔޫސް ޝަހަރު ހިމެނެއެވެ.

އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ޖުމްލަ 30،320 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 71،533 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.