Advertisement

ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުން --

04 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެލްޖީއޭއިން އެންގި ނަމަވެސް ކެނދިކުޅުދޫ ކައުންސިލުން ނިންމީ ނޫސްބަޔާން ބާޠިލް ނުކުރަން

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅަކީ ކެމްޕޭން ދަތުރުފުޅެއްކަމަށް ބުނެ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާޠިލް ކުރުމަށް އެލްޖީއޭއިން އެންގި އެންގުމާއި އެއްގޮތަށް އަމަލުނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ނިންމައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުޙައްމަދު "ނޫން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެލްޖީއޭއިން އެންގި އެންގުމަށް ތަބާވެ، ނޫސްބަޔާން ބާޠިލް ނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ނިންމީ، އެ އެންގުމަކީ ޤާނޫނީ ގޮތުން އެލްޖީއޭއަށް އެންގޭނެ އެންގުމެއް ކަމަށް ނޫންކަމަށް، އެކައުންސިލަށް ޤާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވެފައި ވާތީ ކަމަށެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައި ވަނީ، މިއަދުގެ މެންދުރު 14:00 ގެ ކުރިން އެނޫސް ބަޔާން ބާޠިލް ކުރުމަށެވެ. އެހެން ނަމަވެސް އެލްޖީއޭގެ އެންގުމާއި އެއްގޮތަށް، ކެނދިކުޅުދޫ ކައުންސިލުން ޢަމަލު ނުކުރުމުން އެކަމާއި މެދު އަޅާނެ ފިޔަވަޅެއް އަދި އެލްޖީއޭއިން ހާމަަކޮށްފައެއް ނުވެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ވަނީ ކައުންސިލްގެ ނިންމުމަށް ފަހުގައި، އަނގަމަތީ ޓޭޕް އަޅައިގެން ތިބޭ ފޮޓޯއެއް ނަގާފައެވެ. އެފޮޓޯއާއި ގުޅޭ ގޮތުން ޙަސަން މުހައްމަދު ވިދާޅުވީ، އެއީ އެލްޖީއޭއިން އެންގި އެންގުމުގައި ކައުންސިލްތަކަށް، ޚިޔާލުފާޅުކުރުމާއި، ކަންކަމާއި މެދު ބަސްބުނެ ނޫސްބަޔާންތައް ނުނެރެވޭނެކަމަށް ބުނެފައިވާތީ އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ނަގާފައިވާ ރަމްޒީ ފޮޓޯއެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރުމަށް އެލްޖީއޭއިން އެނގުމާއި ގުޅިގެން، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންވެސް ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެމްޑީޕީގެ ބަޔާނުގައި، ބުނެފައި ވަނީ، ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ސުވާލުކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއްކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.