Advertisement

ފޮޓޯ: އޭޕީ ނިއުސް

03 Mar 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ސްޕެއިންގެ ބްލޮގަރ ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ އަންހެން ޓްރެވަލް ބްލޮގަރަކު އިންޑިއާގައި ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ސްޕެއިންގެ މި ބްލޮގަރ އިންޑިއާއަށް ދިޔައީ، އޭނާގެ ފިރިހެން ޕާޓްނަރާއެކު ދެކުނު އޭޝިއާއަށް ކުރަމުންދާ ދަތުރުގައި ސްރީލަންކާގެ ޓުއާ ނިންމުމަށްފަހުއެވެ

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ ހޭދަކުރުމަށް ޓެންޓު ޖަހައިގެން އޭނާގެ ޕާޓުނަރާއިއެކު އިންޑިއާގެ އިރުމަތިން، ދުމްކާ ސަރަހައްދުގެ ޖަރުޚަންދުގައި ތިއްބައި، ހަތް މީހުންގެ ގްރޫޕަކުންނެވެ.

ޖަރުޚަންދުގެ ޕޮލިސް ޗީފް، އަޖޭ ކުމާރު ސިންގު ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ހިމެނޭ ހުރިހާ އެންމެން މިހާރުވަނީ ދެނެގަނެވިފައެވެ. އަދި ބާކީ ތިބި ތިން މީހުން ވަރަށް އަވަހަށް ހައްޔަރު ކުރާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ

Advertisement

މި ހާދިސާއަށްފަހު 28 އަހަރުގެ ސްޕެއިންގެ ބްލޮގަރ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނާ ގޮތުން، އޭނާއާއި ޕާޓުނަރަށް އަނިޔާކޮށް، އެމީހުންގެ ބައެއް އެއްޗެތި ވެސް އެ ގްރޫޕުން ފޭރިގެންފައިވެއެވެ. އަދި އެމީހުން މާ ބައިވަރު އެއްޗެހިތަކެއް ފޭރިގަންނަން އުޅެފައިނުވަނީ، އެމީހުންގެ ބޭނުމަކަށްވީ އޭނާ ރޭޕްކުރުން ކަމުގައިވާތީކަމަށް ވެސް، އެ ޕޯސްޓުގައި ބުނެފައިވެއެވެ

ރޭޕްކުރި ބްލޮގަރުގެ ޕާޓުނަރ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވާގޮތުން، އޭނާގެ ބޮލުގައި ހެލްމެޓަކުން ވަރަށް ގިނައިން ތަޅާފައިވެއެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް ވެސް ބުނެފައި ވެއެވެ

މި ފަތުރުވެރިންނަށް އެހީތެރިވެ ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ، އެ ސަރަހައްދު ފެޓްރޯލް ކުރަމުން ދިޔަ ކާރަކަށް ފެނިގެނެވެ

ޖިންސީ ފުރައްސާރަ ކުރުމަކީ އިންޑިއާގައި އާންމު ކަމެކެވެ. އެވަރެޖުކޮށް ދުވާލަކު 90 ރޭޕް ކޭސް އިންޑިއާގައި ރިޕޯޓު ކުރެއެވެ. ރާޖާސްތާނާއި، އުއްތަރު ޕްރަދޭޝް އަދި މަދްޔާ ޕްރަދޭޝްއަކީ މިފަދަ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރާ ސަރަހައްދުތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
21 May 2024
ޚަބަރު
މާދަމާ މުދައްރިސުން ސްކޫލުތަކަށް ނުކުންނަން ޖެހޭއިރު ގިނަ އަދަދެއްގެ މުދައްރިސުން ރަށުން ބޭރުގައި
ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަގުން ކުރާ އާއްމު ދަތުރުފަތުރަށް ހުރަސް އެޅި، ގިނަ އަދަދެއްގެ މުދައްރިސުން ތިބީ މާލޭގައި ތާށިވެފައެވެ. ސްކޫލު ބަންދުގައި ސިއްޙީ ބޭނުންތަކަށާއި، އެހެނިހެން ބޭނުންތަކަށް މުދައްރިސުންވެސް މާލެއަށް އަންނައިރު، އެނބުރި ރަށަށް ފުރޭނެ ގޮތެއް ނެތިފައި ގިނަ އަދަދެއްގެ މުދައްރިސުން މާލޭގައިވެސް އެބަތިއްބެވެ. މޫސުމް ގޯސްވުމުގެ ސަބަބުން އަތޮޅުތަކަށް ކުރާ ލޯންޗު ދަތުރުތަކުުގެ ޝެޑިއުލަށްވެސް ބުރޫ އަރާފައި ވާއިރު، ކަނޑުމަގުން އަތޮޅުތެރެއަށް ކުރާ ލޯންޗު ދަތުރުތައް އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ.
21 May 2024
ޚަބަރު
ސްކޫލުތަކުން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި
މާލޭގެ ސްކޫލުތަކުންނާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ފޮތްތައް ދޫކުރަން ފަށާފައި ވީނަމަވެސް، މާލޭގައިވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް އަދިވެސް ނުލިބޭތީ ދުލެއް ނުކުރެއެވެ. އަދި މޫސުމް ގޯސްވުމާއި ދަތުރުފަތުރުގެ ދަތިތަކާއި ހުރެ ދެކުނާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލުތަަކަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާކަމަށް، ބައެއް ސްކޫލުތަކުގެ އިސްވެރިން ވިދާޅުވިއެވެ.
21 May 2024
ޚަބަރު
މޫސުމް ގޯސްވެ މެދުރާއްޖެތެރެއަށް އޮރެންޖް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އޮރެންޖެ އެލާޓު ނެރެފައިވާ ވަގުތުގައި އެވްރެޖްކޮށް 36 މޭލާއި 46 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހިފައިވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
21 May 2024
ދުނިޔެ
ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ގަދަވައިގައި ޖެހި ފަސިންޖަރަކު މަރުވެއްޖެ
ހާދިސާ އާއި ގުޅިގެން އެފްލައިޓް ވަނީ، ބެންކޮކްފެ ސްވަރްނަ ބޫމީ އެއާޕޯޓުގައި މިއަދުގެ މެންދުރު ރާއްޖޭ ގަޑިން 1:15ގައި ޖައްސާފައެވެ. އަދި ހާދިސާގައި އަނިޔާވެފައިވާ ފަސިންޖަރުންނަށް ފަރުވާދޭން ފަށާފައިވާ ކަމުގައި ސިންގަޕޯރ އެއާަލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.