Advertisement

ޕީބީސީ ހިންގާ އިމާރާތް --

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ރޯދަ އިނާޔަތުގެ ގޮތުގައި ފައސާ ނުދިނުމަށް ކުންފުނިތަކަށް އަންގައިފި

ވަޒީފާ އާައި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް، ވުރެ އިތުރަށް، ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ފައިސާ ނުދިނުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.

ޕީބީސީން އާދީއްތަ ދުވަހު ނެރުނު ސާކިއުލާގައި އަންގާފައި ވަނީ، ޤާނޫނު ނަމްބަރު 2/2008 ވަޒީފާ އާއި ބެހޭ ޤާނޫނުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ ގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ، -/3000ރ އަށްވުރެ އިތުރަށް،  އަދި މަދުންވެސް ފައިސާ ނުދިނުމަށެވެ. އަދި މިހާރު އެއާއި ޚިލާފަށް ޢިނާޔަތުގެ ފައިސާ އެއްވެސް ކުންފުންޏަކުން ދީފައިވާ ނަމަ، މާރިޗު މަހުގެ މުސާރަ ދޭއިރު އެބައި ހަމަޖެއްސުމަށްވެސް ޕީބީސީން ވަނީ ކުންފުނިތަކަށް އަންގާފައެވެ.

މީގެ އިތުރުން އެއްވަޒީފާއަށްވުރެ ގިނަ ވަޒީފާ މުވައްޒަފަކު އަދާކުރާނަމަ އެމުވައްޒަފަކަށް ޢިނާޔަތު ފައިސާދޭނީ އެމުވައްޒަފެއްގެ އަސާސީ ވަޒީފާ ހަމަޖެހިފައިވާ ތަނަކުން ކަމަށާއި، އަދި ރަމަޟާން މަސްފެށޭއިރު، އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް ޕޭލީވްއި ނޯޕޭލީވް، ގައި ތިބޭ ފަރާތްތަކަށްވެސް ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ނުދިނުމަށް ޕީބީސީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ޕީބީސީން ބުނީ، ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ، އަދި އެކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނަމަ، ކުންފުނީގެ ކޭޝް ފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައްތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް އަންގާ ކަމަށެވެ.

ޕީބީސީން މިސަރކިއުލާ ނެރުނީ، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އިތުރަށް ފައިސާ ދިނުމަށް ނިންމާފައިވާކަމުގެ ޚަބަރު ތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.