Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވެރިކަމަށް އައުމަށް ވީ އެއްވެސް ވަޢުދެއް ފުއްދާ ތަނެއް ނުފެނޭ: ރައީސް ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަސް، ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަމުންދާތަން ނުފެންނަ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރާބު ހަމަމަގަށް މިޝިޢާރުގެ ދަށުން އެމްޑީޕީން ކުރިއަށްގެންދާ މަޖިލިސް ކެމްޕޭނުގެ ތެރެއިން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. އަތޮޅަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވަިއ ދެއްކެވި ވާހަކަފުޅުގައެވެ.  

ރައީސް ޞާލިޙް ވިދާޅުވީ، ޚާއްޞަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ކޮށްދެއްވަން ވިދާޅުވި، މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ކުޑަ މިންވަރެއްގެ މަސައްކަތްވެސް މިހާތަނަށް އައިރު ފަށާފައި ނުވާ ކަމަށެވެ.

"ހެއްދެވީ ދޮގު، އޮޅުވާލެއްވި. އަދި މިހާރުވެސް އެގެންދަވަނީ، ދޮގު ހައްދަވަމުން އޮޅުވާލައްވަމުން. އަޅުގަނޑުމެން އިތުރަށް ފުރުޞަތު ދީފިކަމަށް ވަންޏާ އަޅުގަނޑުމެން ހީނުކުރާ، ދިމާއަކަށް މި ޤައުމު ސޮއްސައިލާނެ"

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަަމަށް ވަޑައިގެން ހަފްތާއެއް ނުވަނީ، އެޕާޓީ ބައިބައިވެއްޖެ ކަމަށެވެ. އަދި އެޕާޓީ ބައިބައިވެގެން ދިޔައީވެސް ގަދަބާރާއި، ބިރުވެރިކަމާއި ނުފޫޒު އިންތިހާއަށް ބޭނުންކުރަން ފެށުމުން ކަމަށެވެ. އަދި ޑިމޮކްރެސީގައި ރައްޔިތުންނަށް ހޯދައިދިން ބަސްބުނުމާއި ފާޑުކިޔުމުގެ މިނިވަންކަން ހުރަސްއަޅައި ނޫސްތައް ބަންދުކުރަން ފެށިކަން ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރެއްވިކަންވެސް ފާހަގަކުރައްވައި މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީއަށް ގެންދިޔައީ ފައިސާ ދީގެންކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންތައް ފެށިގެން ކުރިޔަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މިހާރު ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.