Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Mar 2024
ޚަބަރު

ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާ ދީފި

ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. ރާއްޖެއިން ސޮއިކުރެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ޗީފް އެގްޒެކެޓިން އޮފިސަރ އިޔާޝާ ލީނާއެވެ.

މިއެހީއަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ދީފައިވާ އެހީއެކެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 73،538 ޑޮލަރު ނުވަތަ 1.1 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ބަލިތައް ދެނެގަތުމަށް، ޝީއަށް ބޭނުންވާ 10 އިކުއިޕްމަންޓެއް ގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޝީގެ ތެލިސީމިއާ އެންޑު ޑައިގޮނޯސްޓިކް ލެބޯރެޓަރީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާނެއެވެ. އެގޮތުން ޖީން ސީކުއެންސް ޓެކްނޮލޮޖީ އާއި އާއިލާ ރޭވުމާބެހޭ ކުލިނިކުގައި ސްކޭންގެ ޚިދުމަތް ތައާރަފްކުރުން ހިމެނެއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.