Advertisement

ފޮޓޯ: އިމޭޖަސް އެމްވީ

07 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މަޝްހޫރު އެތުލީޓުން އުހުގައި

މިހާރު މާލޭގައި ކުރިޔަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 5000 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުން ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އެއްވަނަ ހޯދިއިރު، 200 މީޓަރު ދުވުމުން ހަސަން ސާއިދު އެއްވަނަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕްގައި ވެސް 5000 މީޓަރު ދުވުމުން އެއްވަނަ ހޯދި ފަޒީލް މި އަހަރުގެ ރޭސް ކާމިޔާބުކޮށްފައިވަނީ 16 މިނިޓް، 45.90 ސިކުންތުން ރޭސް ނިންމައިގެނެވެ. ރޭހުގެ ދެވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާން ރޭސް ނިންމާފައިވަނީ 17 މިނިޓް، 10.52 ސިކުންތުންނެވެ. އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު ސަޖަން ޝާހިދު ރޭހުގެ ތިން ވަނަ ހޯދީ 18 މިނިޓް، 26.76 ސިކުންތުން ރޭސް ނިންމައިގެނެވެ.

މިއަދު އޮތް 1500 މީޓަރު ދުވުމުން ވެސް ފަޒީލްވަނީ އެއްވަނަ ހޯދާފައެވެ. އޭނާ މި ރޭސް ކާމިޔާބުކުރީ 4 މިނިޓު، 21.53 ސިކުންތުންނެވެ.

1500 މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދާފައިވަނީ ފަސޫހާ އަހުމަދުއެވެ. އޭނާ މި ރޭސް ނިންމާފައިވަނީ 5 މިނިޓު، 22.26 ސިކުންތުންނެވެ.

މީގެ އިތުރުން، މިއަދު އޮތް 200 މީޓަރުގެ ފައިނަލް ހީޓުގައި އެއްވަނަ ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. ސާއިދު ރޭސް ނިންމާފައިވަނީ 22.05 ސިކުންތުންނެވެ. ރޭހުން ދެވަނައަށް ދިޔަ އަހުމަދު ނަޖުދާން އަބްދުﷲ 22.22 ސިކުންތުން ނިންމިއިރު، ތިން ވަނައަށް ދިޔަ އިބްރާހިމް ނާހިލް ނިޒާރު ރޭސް ނިންމާފައިވަނީ 22.69 ސިކުންތުންނެވެ.

200 މީޓަރު ދުވުމުގެ އަންހެނުންގެ ރޭހުގެ ފައިނަލް ހީޓުވެސް މިއަދު ހެނދުނު އޮތެވެ. މި ރޭސް 25.81 ސިކުންތުން ނިންމާ އެއްވަނަ ހޯދާފައިވަނީ ހައްވާ މުޒްނާ ފާއިދުއެވެ. ދެވަނަ ހޯދި ޝަބާ ސަލީމް ރޭސް ނިންމާފައިވަނީ 27.07 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި އައިޝަތު ނަ އާދު އައްސަދު ވަޖުދީ ރޭސް ނިންމީ 27.38 ސިކުންތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.