Advertisement

ބަންޑާރަ ނައިބު އަޙްމަދު އުޝާމް --

07 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ފުރަތަމަ ސާދަ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައަޅަން ބުނި ނަފްސާނީ ސިއްޙަތާއި ބެހޭ ބިލް ހުށައެއް ނޭޅުނު: އޭޖީ

މިސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައަޅަން ނިންމި ބިލްތަކުގެ ތެރެއިން އެމުއްދަތުގައި ހުށަނޭޅުނީ، ނަފްސާނީ ސިއްޙަތާއި ބެހޭ ބިލް ކަމުގައި، ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ހަފްތާ 14ގައި ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ފުރަތަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ނިންމި ބިލްތަކުގެ ތެރެއިން މަޖިލީހަށް ހުށައެޅިފައި ނުވަނީ ހަމައެކަނި، ނަފްސާނީ ސިއްޙަތުގެ ބިލް ކަމަށެވެ. އެބިލް މަޖިލީހަށް ހުށަނޭޅި އޮތް ނަމަވެސް އެބިލާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އުޝާމް ފާހަގަކުރެއްވިއެވެ.

އުޝާމް ވިދާޅުވީ، ނަފްސާނީ ސިއްހަތުގެ ބިލް އެކުލަވާލައި އެކަމާއި ގުޅޭ ފަރާތްތަކާއި ޙިއްޞާކުރެވިފައިވާ ކަމަށެވެ. އަދި އެބިލް މިހާރު ފަރުމާކުރެވިފައި އޮތް ގޮތުން ބައެއް ފަރާތްތަކުގެ ބައެއް ކަންބޮޑުވުންތައް ހުރުމާއި އެކު އެބިލް މަޖިލީހަށް ހުށަނާޅައި މަޑުޖައްސާލާފައި އޮތީ އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކަމުގައިވެސް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ކުރިޔަށް މިއޮތް ދެތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެމަސައްކަތްވެސް ކުރިޔަށް ގެންގޮސް ނިންމާލެވިގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."

ބަންޑާރަ ނައިބު އަޙްމަދު އުޝާމް --

ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ފުރަތަމަ ސާދަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ކަނޑައެޅި، ބިލްތަކުގެ ތެރެއިން 9 ބިލެއް މިހާރު ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބިލްތަކުގެ މަސައްކަތްތައް ވަކިވަކިން ހަފްތާ 14ގެ މަގުޗާޓުގައި ހިމަނާފައި ވީނަމަވެސް، ބިލްތައް ހުށައެޅުމުގެ މަސައްކަތް ކުރަމުން ދިޔައިރު ފާހަގަވީ ބައެއް ބިލްތައް ވަކިވަކި ބިލްތަކެއްގެ ގޮތުގައި ހުށައެޅުމުގެ ބަދަލުގައި އެއްކޮށް ހުށައެޅުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ. 

ސަރުކާރުން ހުށައެޅި ބިލްތަކުގެ ތެރޭގައި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ބިލަކާއި، ބިމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބަދަލުގައި މުޅިން އައު ބިމާއި ބެހޭ ބިލަކާއި، އަރބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލަކާއި، ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑާއި ބެހޭ ބިލަކާއި، ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލަކާއި، ޓްރެވަލް އޭޖެންސީއާ ބެހޭ ބިލަކާއި، ކޮޕިރައިޓާއި ގުޅޭ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލަކާއި، ސިއްޙީ ޚިދުމަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއްވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.