ޚަބަރު
09 Mar 2024
ޚަބަރު
އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައި އޮތް ޅ. ޅޮއްސަލަފުށި އަތުލައްވައި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ
ޅ. ޅޮއްސަލަފުއްޓަކީ، 7 ސެޕްޓެންބަރު 2010ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ނިންމަވައިގެން، ދިހަހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ލަގްޒަރީވިލާ އަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސި ރަށެކެވެ. އެރަށް ދިނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އެޅި އިންޑިއާގެ ޓާޓާ ކުންފުންޏަށެވެ.
09 Mar 2024
ޚަބަރު
އެމްޑީޕީން މަޖިލީހުން މިހާތަނަށް އެންމެ ބުރަ މަސައްކަތެއް ކުރީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް - ރައީސް ޞާލިޙް
ރައީސް ވިދާޅުވީ، ކުރީފަހަރު އެހެންވި ނަމަވެސް އެމަނިކުފާނުގެ ފުރިހަމަ ޔަޤީންކަން މިފަހަރުގެ ކެންޑިޑޭޓު ޝިނާން އާއި މެދު އެބައޮތް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޝިނާނު ހޮއްވަވައި ދެއްވުމަށް ރައީސް ޞާލިހް އެދިވަޑައިގެންނެވިއެވެ.
08 Mar 2024
ޚަބަރު
އެމެރިކާގެ މަތިންދާ ބޯޓުތަކުން ގާޒާއަށް އެޅި ކާބޯތަކެތީގެ ޕެކޭޖްތަކުގެ ދަށުވެ ބައެއް މީހުން މަރުވެއްޖެ
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ. މަރުވި މީހުންނަކީ، މަތިންދާބޯޓުތަކުން ޕެކޭޖުތައް ވައިގެތެރެއަށް ދޫކޮށްލަމުންދާތީ އެތަކެތި ނެގުމަށް ދިޔަ މީހުންނެވެ.
08 Mar 2024
ކުޅިވަރު
ފުޓުބޯޅައިގެ ހަރަކާތްތަކުން ކްލަބް ވެލެންސިއާ ސަސްޕެންޑުކޮށްފި
ކްލަބް ވެލެންސިއާ ސަސްޕެންޑުކުރި ސަބަބެއް ކަމުގައި އެފްއޭއެމްއިން ބުނެފައިވަނީ، އެ ކްލަބުގެ ބޯޑުން ހަސަން ވަހީދު (ދޮނާ) ވަކިކުރުމުގައި ގަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވުމެވެ. މިހެންކަމުން، އެފްއޭމްއިން ކްލަބް ވެލެންސިއާ ސަސްޕެންޑު ކޮށްފައިވަނީ، އެ ކްލަބުގެ އާ ބޯޑު އިންތިހާބު ކުރެވެންދެން ކަމުގައި ބުނެފައިވެއެވެ.
08 Mar 2024
ޚަބަރު
ރަމަޟާން މަހަށް ހުޅުމާލެ ފޭސް 2ގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހަށް ހާއްސަކޮށްގެން ހިޔާ ފްލެޓްތަކުގެ ކައިރީގައި، ވަގުތީ ކުޑަ މިސްކިތެއް ހަދާފައި ވަނީ، ހިޔާ ސަރަހައްދުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުންނެވެ.
08 Mar 2024
ޚަބަރު
ހުޅުމާލެ ފޭސް 2 ގައި ބިނާ ކުރި ދެވަނަ ދާއިމީ މިސްކިތް ހުޅުވައިފި
އިސްލާމީ އާޓްގެ ފަރުމާތަކާއި، ފަންނުވެރިކަން ފެނިގެންދާ މި މިސްކިތަކީ، މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ވަރަށް ފުރިހަމަ މިސްކިތެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، ދެބުރިއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި، ދަތިނުވެ 1500 މީހުންނަށް އެއްފަހަރާ މީހުންނަށް ނަމާދު ކުރެވޭނެއެވެ. އަދި މިމިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްޞަ ބަޔަކާއި އިސްކުރުބަރިއެއްވެސް ހިމަނާފައިވެއެވެ.
08 Mar 2024
ޚަބަރު
އޭދަފުށި ޓީމުން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި
ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ޗެމްޕިއަންކަން ބ. އޭދަފުށި ފުޓްސަލް ޓީމުން ހޯދައިފިއެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ފަރިތަ ނަންތަކެއް ހިމެނޭ އޭދަފުށި ޓީމުން މިއީ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
07 Mar 2024
ޚަބަރު
ދަތްދޮޅި ދުއްވާލާނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ، މަޖިލީހުގެ މެމްބަރުންނަށް ހަމަލާދިނުމަށް ހިއްވަރު ލިބޭ ގޮތަށް ވަޒީރަކު ދެއްކެވި ވާހަކަފުޅަކީ، ވަޒީރަކު ދެއްކެވުމަށް އެކަށީގެންވާ ވާހަކަފުޅެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަލާމަތާއި ރައްކާތެރިކަމަށް، ހުރަސް އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެކެވަޑައިގަންނަވާ ކަމަށެވެ.
07 Mar 2024
ޚަބަރު
ފަރެސް މާތޮޑާ ދާއިރާގެ ކެންޑިޑޭޓަށް ހަމަލާދިނުން އެމްޑީޕީން ކުއްވެރިކޮށްފި
ފަރެސް މާތޮޑާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް، އަޙްމަދު ޒައީމްގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖަހާފައި ވަނީ، ދައުލަތުގެ މީޑިއާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގެން، ބަހުސަށް ޓީވީ ބިލްޑިންގއަށް ދިޔަ މަގުމަތީގައެވެ.
07 Mar 2024
ޚަބަރު
އިމިގްރޭޝަންގެ ވެހިކަލްގައި ޖެހި އެކްސިޑެންޓްވި ޒުވާނާ ނިޔާވެއްޖެ
އުމުރުން 19 އަހަރުގެ އެޒުވާނާ ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.
07 Mar 2024
ޚަބަރު
ހުޅުމާލޭ ގޮނޑުދޮށުން މީހަކު ބޮޑު ކަނެއްޔެއް ހިފައިފި
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު، ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިޔަރުގެ ހަމަލާއަކުން ސަލާމަތްވާން ގޮނޑުދޮށަށް އައި ބޮޑު ކަންނެއްޔެއް އޭނާ ހިފާފައިވާ ކަމަށެވެ. އެއާއެކު އެކަންނެލީގެ ވީޑިއޯވެސް އޭނާ ވަނީ އާއްމުކޮށްފައެވެ.
07 Mar 2024
ޚަބަރު
ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޗާޕްކުރި ފޮތްތައް މަގުމައްޗަށް ނެރެ އުކާލައިފި
މަގުމައްޗަށް ނެރެ އުކާލާފައި ހުއްޓައި ފެނިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީތަކާއި، ކުރެވުނު މަސައްކަތްތައް ހިމަނައި، "މިނިވަންކަމާއި އެކު 1 އަހަރު" އެނަމުގައި ނެރެފައިވާ ފޮތެކެވެ.
07 Mar 2024
ޚަބަރު
މާލީ ހާލަތު ރަނގަޅު ކުރުމަށް އެމްޓީސީސީން މަސްވެރިކަމާއި ޓޫރިޒަމް މާކެޓަށް
އެމްޓީސީސީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މަސްވެރިކަމާއި ޓޫރިޒަމް މާކެޓަށް ވަނުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޢަބްދުﷲ ޒިޔާދު ވިދާޅުވީ، އަދުގެ ސަރުކާރުން އެމްޓީސީސީ ހިންގުމާ ހަވާލުވިއިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ހަމައެކަނި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުން ލިބޭ އާމްދަނީއަށް ބަރޯސާ ނުވެ، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
07 Mar 2024
ޚަބަރު
ސަރުކާރުގެ ފުރަތަމަ ސާދަ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައަޅަން ބުނި ނަފްސާނީ ސިއްޙަތާއި ބެހޭ ބިލް ހުށައެއް ނޭޅުނު: އޭޖީ
ހަފްތާ 14ގައި ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ފުރަތަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ނިންމި ބިލްތަކުގެ ތެރެއިން މަޖިލީހަށް ހުށައެޅިފައި ނުވަނީ ހަމައެކަނި، ނަފްސާނީ ސިއްޙަތުގެ ބިލް ކަމަށެވެ. އެބިލް މަޖިލީހަށް ހުށަނޭޅި އޮތް ނަމަވެސް އެބިލާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އުޝާމް ފާހަގަކުރެއްވިއެވެ.
07 Mar 2024
ޚަބަރު
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދެއްވުމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށްޓަކައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދުވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.
07 Mar 2024
ޚަބަރު
އޯޓިޒަމް އެސޯސިއޭޝަންގެ އާޓް އޮފް މައިންޑް ކުރެހުމުގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
އޯޓިޒަމާއި އެކި އެކި ޑިވެލޮޕްމަންޓަލް ޑިސްއޯޑަރތައް ހުންނަ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، އެކުދިންނަކީ މުޖުތަމައުގައި ޤަދަރުވެރި އަދި ފާހަގަކޮށްލެވޭ ހުނަރުވެރި ބަޔަކަށް ހަދައިދިނުމަށްޓަކައި އެސެންޓަރުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ އާޓް އޮފް މައިންޑް، ކުރެހުމުގެ މަރުކަޒު ބާއްވާ މިއީ ހަވަނަ އަހަރެވެ.