Advertisement

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ މަތިންދާ ބޯޓު -- ފޮޓޯ: މޯލްޑިވިއަން

14 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސީޕްލޭން އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށަނީ

ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަލި މީހުން އުފުލުމަށް، ސީޕްލޭން އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދުންފެށިގެން ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.

އެ އެއާލައިނުން އިއްޔެ ވަނީ، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ، ސީޕްލޭން އިއްޔެ ދައްކާލާފައެވެ.

އެއާ އެމްބިއުލާންސްްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ކުރި ސީޕްލޭނަށް ސްޓްރެޗަރގައި މީހަކު އަރުވަނީ -- ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ވަޢުދެއް ކަމަށެވެ.

"އެ ޚިދުމަތް ފުރިހަމަ ވެގެން މިދަނީ. މިހާރު އެއާ އެމްބިއުލާންސްގެ ގޮތުގައި އަޅުގަނޑުމެން ފްލައިޓެއް ރެޑީކޮށްފައި، އަދި އޭގެ ފަހުގައި ސީޕްލޭންގެ ފްލައިޓެއްވެސް އެކަމަށް ޚާއްޞަ ކުރެވިގެން މިދިޔައީ."

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަލީ ސަލީމް.

ޢަލީ ސަލީމް ވިދާޅުވީ މިއަދުންފެށިގެން ސީޕްލޭންގެ ޚިދުމަތް ދޭން ފެށޭނެ ކަމަށާއި، އައިލެންޑް އޭވިއޭޝަނާއި ހަވާލުކުރެވުނު އެމަސައްކަތަށް އުޅަނދުތައް ތައްޔާރުކޮށް އެކަން ފުރިހަމަކުރެވިގެން މިދިޔައީ ކަމަށެވެ.

މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސްއެއްގެ ގޮތުގައި، މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ބޭނުން ކުރަން ފަށާފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ތައްޔާރު ކުރެވުނު ސީޕްލޭން ބޭނުން ކުރާނީ، އެއާޕޯޓެއް ނެތް ރަށްރަށުން ބަލި މީހުން އުފުލުމަށެވެ.

ރާއްޖޭގައި މިހާތަނަށް ބަލި މީހުން އުފުލަމުން އައީ މޯލްޑިވިއަންގެ ކޮމާޝަލް ފްލައިޓްތަކުގައެވެ. އޭގެ އިތުރުން މިސަރުކާރު އައުމާއި ހަމައަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ މަތިންދާ ބޯޓުގަޔާއި، ހެލިކޮޕްޓަރުތަކުގައި ބަލި މީހުން އުފުލަމުން އައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.