Advertisement

އިލެކްޝަންސް ކޮމިޝަންގެ އައު ނައިބު ރައީސް ޢަލީ ނަޝާތު

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ނަޝާތު ހޮވައިފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް އެކޮމިޝަންގެ މެމްބަރު ޢަލީ ނަޝާތު ހޮވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކޮމިޝަންގެ ނައިބުރައީސްގެ މަޤާމަށް ޢަލީ ނަޝާތު ހޮވާފައި ވަނީ، މިއަދު ބޭއްވި އެޗކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ކަމަށެވެ.

ނަޝާޠުގެ ކުރިން އެމަޤާމުގައި ހުންނެވި އިސްމާއީލް ޙަބީބުގެ ކޮމިޝަންގެ މެމްބަރު ކަމުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފައެވެ.

ޢަލީ ނަޝާތުވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގައި މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ.  ދެވަނަ ދައުރަކަށް ނަޝާޠު އިލެކްޝަންސް ކޮމިޝަނަށް ޢައްޔަނުކުރައްވާފައި ވަނީ 16 ނޮވެމްބަރު 2023 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.