Advertisement

އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދިޔަ އިންތިޚާބެއްގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން.

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހާހެއްހައި މީހުން ރީރެޖިސްޓްރީކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މާދަމާ ހަމަވާއިރު، ބުރާސްފަތި ދުވަހުގެ މެންދުރާއި ހަމައަށް، ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހާހެއްހައި މީހުން ރެޖިސްޓްރީކޮށްފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ފޮށިތަކުގެ ތެރެއިން 6 ފޮއްޓަކަށް ވޯޓުލުމަށްޓަކައި މިހާތަނަށް 827 މީހުން ރީރެޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުން ރީރެޖިސްޓްރީ ކޮށްފައި ވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރްގައި ބަހައްޓާ ވޯޓުފޮއްޓަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފައި ވަނީ ސްރީލަންކާގެ ކޮލަމްބޯއަށެވެ.

ރީރެޖިސްޓްރީކޮށްފައިވާ ފޮށިތަކައި އަދަދުތައް؛

މެލޭޝިއާގެ ކުއާލަލަމްޕޫރް - 463

ސްރީލަންކާގެ ކޮލަމްބޯ - 241

އިނގިރޭސި ވިލާތުގެ ލަންޑަން - 52

އިންޑިއާގެ ޓްރެވިންޑްރަމް - 50

އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ - 14

ތައިލެންޑްގެ ބެންކޮކް - 10

މިހާރު ހަމަޖެހިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ 21 އޭޕްރީލްވާ އާދީއްތަ ދުވަހުގައެވެ. ރާއްޖޭގެ އިންތިޚާބުތައް ރާއްޖެއިން ބޭރުގައި ބޭއްވެމުން އަންނަ ވަގުތުތަކަށް ބަލާއިރު، އެންމެ ފަހުން ވޯޓުލާން ފަށައި އަދި އެންމެ ފަހުން ބަންދުކުރާނީވެސް އިނގިރޭސި ވިލާތުގެ ލަންޑަންގައި ބެހެއްޓޭ ވޯޓުފޮއްޓަށެވެ.

  ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2024 މާރިޗު 16 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް ހަމަވާނެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.