Advertisement

މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް --

14 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންއިން ޚާއްޞަ އަގުހެޔޮ ފެއާތަކެއް ތަޢާރަފްކޮށްފި

މޯލްޑިވިއަން އިން އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ފެއާތަކެއް ތަޢާރަފްކޮށް ޓިކެޓް އަގުހެޔޮކޮށްފިއެެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތަޢާރަފްކުރި ޚާއްޞަ ފެއާތަކުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށެވެ. މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، ޚާއްޞަ އަގު ހެޔޮ ފެއާތައް ތަޢާރަފްކޮށްފައި ވަނީ އެކުންފުނިން ޝެޑިއުލްދަތުރުތައް ބާއްވާ އެތެރޭގެ 16 މަންޒިލަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ސ. ގަން، ޏ. ފުވައްމުލައް، ގދ. މާވާރުލު،  ގދ. ފަރެސްމާތޮޑާ، ގދ. ކާޑެއްދޫ، ގއ، ކޫއްޑޫ، ލ. ކައްދޫ، ތ. ތިމަރަފުށި، ރ. އިފުރު، ނ. މާފަރު، ށ.ފުނަދޫ، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށީގެ އިތުރުން، ހއ. ހޯރަފުއްޓެވެ.

މޯލްޑިވިއަންއިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި، އަގު ހެޔޮފެއާތައް ތަޢާރަފްކޮށްފައި ވަނީ އެ އެއާލައިނުން، އެ 16 މަންޒިލަށް ޝެޑިއުލްކޮށްފައިވާ ރޭގަނޑުގެ ފްލައިޓްތަކުންނެވެ. އޭގެ ތެރޭގައި އިރާކޮޅާއި ދަންވަރާއި އަދި ފަތިހުގެ ފްލައިޓްތައް ހިމެނެއެވެ.

މީގެ އިތުރުން އެކުންފުނިން މިހާރުވެސް ދަތުރުތައް ބާއްވަމުން އަންނަ ޅ. މަޑިވަރާއި ބ. ދަރަވަންދޫއަށް މިހާރުވެސް ޚާއްޞަ ފެއާގައި ދަތުރުތައް ކުރެވޭނެ ކަމުގައި މޯލްޑިވިއަނުން ހާމަކޮށްފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ، އަބަދުވެސް އާއްމު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެން ނަމަވެސް ޤައުމީ އެއާލައިނަށް އެތެރޭގެ އުދުހުންތަކުން ފައިދާ ނުވާތީ، ދަތުރުތަކުގެ އަގުހެޔޮކުރުމުގައި ކުންފުންޏަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް މީގެ ކުރިން އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.