Advertisement

އަލަށް އުފެއްދެވި ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހައުސިންގ މިނިސްޓްރީ

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން ހައުސިންގ ކޮމިޓީއެއް އުފައްދައި މަސައްކަތް ފަށައިފި

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، ހައުސިންގ ކޮމިޓީއެއް އުފައްދައި އެކޮމިޓީގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓުން ވިދާޅުވެއްޖެއެވެ.

އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވީނަމަވެސް، އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެބޭފުޅުންގެ ވަނަވަރެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކޮމިޓީ އުފެއްދެވުމުގެ ބޭނުމާއި، އެކޮމިޓީގެ ޒިންމާ އާއި މަސްޢޫލިއްޔަތަކީ ކޮބައިކަމެއްވެސް އެމިނިސްޓްރީ ހާމައެއް ނުކުރައްވައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުގައި ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓް ލިބޭ މީހުންނަށް ފްލެޓްދީފައިވާ ގޮތް އެންޓިކަރަޕްޝަން ކޮމިޝަން އޭސީސީންވެސް ވަނީ ބަލާފައެވެ. އެކޮމިޝަނުން ހިންގި ތަޙްޤީޤަށްފަހުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ފްލެޓް ލިބުނު %59 މީހުންގެ ޝަރުޠުތައް ފުރިހަމަ ނުވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.