Advertisement

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރެޖިސްޓްރީ ހަވާލުކުރުން -- ފޮޓޯ: ހައުސިންގ މިނިސްޓްރީ

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީއާ ހަވާލުވުމަށް މުހުލަތެއްދީފި

އެމްޑީޕީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ ރެޖިސްޓްރީ އާއި ގޯތި ލިބުނު ކަމުގެ ލިޔުމާއި ހަވާލުވެފައި ނުވާ ފަރާތްތަކުން ރެޖިސްޓްރީ އާ ލިޔުމާއި ހަވާލުވުމަށް ހައުސިންގ މިނިސްޓްރީން މުހުލަތެއް ދެއްވައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބިންވެރިޔާ ސްކީމުން ގޯތި ލިބި އެއްބަސްވުންތަކުގައި ސޮއިނުކުރާ މީހުންނަށާއި އަދި ގޯތީގެ ރަޖިސްޓްރީއާ ގޯތި ލިބުނު ކަމުގެ ލިޔުމާއި ހަވާލު ނުވެ ތިބި މީހުންނަށް، އެކަންކަން ނިންމުމަށް އެޕޮއިންޓްމެންޓްތައް ހެއްދުމަށް، 27 މާރިޗު 2024 ވަނަ ދުވަހުގެ ރޭގެ 23:59 އާއި ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 16ވާ ހޮނިހިރު ދުވަހުން ފެށިގެން،  މިމަހުގެ 27ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން އެގްރިމެންޓްތަކުގައި ސޮއެ ކުރުމަށާއި، ގޯތި ލިބުނު ކަމުގެ ލިޔުމާއި ރެޖިސްޓްރީއާ ހަވާލުވުމަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދުމަށް އެދޭ ކަމަށެވެ. 

އެހެން ނަމަވެސް އެމުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓް ނުނަގާ މީހުންގެ ގޯތިތަަކަށް ވާނޭ ގޮތާއި ގުޅޭ ގޮތުން އެމިނިސްޓްރީގެ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ، މިހާތަނަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، 8394 މީހުންނާއިއެކު އެއްބަސްވުމުގައި ސޮއެކޮށް، އެމީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުމާއި ގޯތީގެ ރެޖިސްޓްރީ ހަވާލުކުރެވިފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދެއްވާފައި ވަނީ، ހުޅުމާލެ ފޭސް 2 އަދި 3 އިންނާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.