Advertisement

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު -- ފޮޓޯ: އެމްޑީޕީ

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޤައުމިއްޔަތުގެ ނަމުގައި އިންދަވަނީ, ފިތުނައިގެ އޮށެއް: ޢަބްދުﷲ ޝާހިދު

ޤައުމިއްޔަތުގެ ނަމުގައި އިންދަވަމުން ގެންދަވަނީ ނަފްރަތާއި، ރުޅިވެރިކަމާއި ފިތުނައިގެ އޮށެއް ކަމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރާބު ހަމަމަގަށް ކެމްޕޭންގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިސަރުކާރުގެ އިސްވެރިއަކުން އެހެން ވިދާޅުވުމަކީ، އެމަނިކުފާނަށް ސިހުން ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ.

"އަޅުގަނޑު އިހަށް ދުވަހަކު ހަމަ ސިއްސައިގެން ދިޔައީ. ރައީސުލްޖުމްހޫރިއްޔާ އިންނެވި ބައްދަލުވުމެއްގައި، މިސަރުކާރުގެ އިސް ބޭފުޅަކު އަރާވަޑައިގެން ވިދާޅުވަނީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުންތަކަށް އެއްބަސްނުވާ ބައިޢަތު ނުހިފާ އެވިސްނުންފުޅަށް ތާއީދު ނުކުރާ މީހުންނަކީ ދިވެހިރާއްޖޭގެ އައިޑީކާޑު އޮތަސް، ދިވެހިރާއްޖޭގެ ޕާސްޕޯޓް އޮތަސް ދިވެހިންނެއް ނޫނޭ."

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު

އެވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެއިންދަވަނީ ނަފްރަތާއި، ރުޅިވެރިކަމާއި ފިތުނައިގެ އޮށް ކަމަށެވެ. 

ޢަަބުދުﷲ ޝާހިދު ވިދާޅުވީ، މިހުރިހާ ދުވަހު، ދިވެހިރާއްޖެ ވުޖޫދު ވީއްސުރެ، ދިވެހިންނަށާއި ދިވެހި ދަރިންނަށް ވިސްނައިދެމުން ގެންދަވަނީ، ދިވެހިންނަކީ އެއް ނަސްލެއްގެ އެއްދީނެއްގެ ބައެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ ދިވެހިން ނޫންކަމަށް ބުނެ އެދަމާލެވެނީ ރޮނގެއް ކަމަށާއި، އެފަދަ ފިތުނަވެރި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ޤައުމުތަކުގައި ބޮޑެތި ޤަތުލްޢާއްމުތައް ހިންގައި ހަލާކުވެފައި ހުރި ޤައުމުތައް ދުނިޔޭގައި އެބަހުރި ކަމަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެފިތުނައިގެ އޮށަކީ، ޤައުމުތައް ހަލާކުވެގެން ދިޔުމުގެ އެންމެ ބޮޑު އަސްލު ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުއިއްޒަށް ދަންނަަވަން، މަނިކުފާނުގެ ސަރުކާރުގައި ތިބި މީހުން، ވެރިން މިކަހަލަ ފިތުނައިގެ ވާހަކަތައް ދައްކާއިރު ހަނު ނުއިންނަވާށޭ. މަނިކުފާނަކީ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރޭ. މިދިވެހި ރާއްޖެ އެކުވެރިކޮށް، އެކަތި ގަނޑަކަށް ހިފެހެއްޓުމުގެ ވާޖިބު ރައްޔިތުން މިއަދު ހަވާލުކޮށްފައި ވަނީ މަނިކުފާނާއޭ."

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު

ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެ ބައިބައިކޮށްލައި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނަފްރަތު މަސައްކަތްތައް ހުއްޓަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވާ ކަމަށެވެ.

މިސަރުކާރުން ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ދާދިފަހުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއެއްގައި މަޖިލިސް މެމްބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިއްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާ ފައެވެ. އެހެން ނަމަވެސް ފަހުން އެމަނިކުފާނު ވިދާޅުވީ އެއީ މަޖާޒީ ގޮތެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.