Advertisement

15 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގު ކުއާޓާފައިނަލް: އެންމެ ފަހުގެ ޗެމްޕިއަނުންނާއި އެންމެ ކާމިޔާބު ޓީމުގެ ކުރިމަތިލުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރުއަތުނެގުން މިއަދު ބާއްވައިފިއެވެ. ޔުއެފާގެ ހެޑްކުއާޓާސް ހުންނަ ސްވިޒަލޭންޑުގެ ނިޔޯންގައި އޮތް މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ޗެލްސީއާއެކު 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު އުފުލާލި، ނައިޖީރިއާގެ ޖޯން އޮބި މީކައިލްއެވެ.

ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުގެ ކުއާޓާފައިނަލުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމެއް ކަމުގައި ގަބޫލު ކުރެވެނީ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ކުރިމަތިލުމެވެ. ރެއާލް މެޑްރިޑްވަނީ މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައެވެ.

އޭގެ އިތުރުން، 14 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އާސެނަލް އާއި ޖަރުމަން ލީގުގެ ޗެމްޕިއަން ބެޔާން މިއުނިކް ބައްދަލު ކުރާ މެޗަކީ، އާސެނަލްގެ ކޯޗު އާޓޭޓާއަށް ޕްރެޝާގައި މަސައްކަތް ކުރެވޭ މިންވަރު ދެނެގަތުމަށް އޮތް ބޮޑު އިމްތިހާނަކަށް ވެގެންދާނެއެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތުނެގުން

އާސެނަލް – ބެޔާން މިއުނިކް

އެތުލެޓިކޯ މެޑްރިޑް – ބްރޫޝިއާ ޑޯޓްމަންޑް

ރެއާލް މެޑްރިޑް – މެންޗެސްޓަރ ސިޓީ

ޕެރިސް-ސެއިންޓް ޖާމެއިން (ޕީއެސްޖީ) – ބާސެލޯނާ

ކުއާޓާ ފައިނަލުގެ ގުރުއަތު ނެގުމާއެކު، މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ މަގު ވެސް މިހާރު މިވަނީ ކަނޑައަޅާފައެވެ. ސެމީ ފައިނަލްގައި އެއްކޮޅުން ބައްދަލު ކުރާނީ އެތުލެޓިކޯ މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑް ކުޅެގެން މޮޅުވާ ޓީމަކާއި، ޕީއެސްޖީއާއި ބާސެލޯނާ ކުޅެގެން މޮޅުވާ ޓީމެކެވެ.

ދެވަނަ ސެމީގައި ބައްދަލުކުރާނީ އާސެނަލްއާއި ބެޔާން މިއުނިކް މެޗުން މޮޅުވާ ޓީމަކާއި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުޅެގެން މޮޅުވާ ޓީމެކެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް 9-10 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ ޖެހިގެން އަންނަ ހަފްތާގައެވެ. އަދި ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އެޕްރީލް 30 ވަނަ ދުވަހުއެވެ. ދެވަނަ ލެގު އޭގެ އެއް ހަފްތާ ފަހުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން 1 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.