Advertisement

14 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް އިއުލާން ކުރުމުން އެކަން މަޑުޖައްސާލަން އަންގައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ހިންގާ ކޮމެޓީ އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު، މި ހިނގާ މާޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް މި މަހުގެ 12 ވަނަ ދުވަހު އިއުލާން ކުރުމުން، އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު އަންގައިފިއެވެ.

އިންތިހާބާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އިއުލާނުގައި ބުނާގޮތުން، އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ވިލެޖުގައެވެ. އަދި އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ 14:00 އެވެ.

އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް އެންގި އެނގުމާ ގުޅިގެން "އަދަދު" ނޫހަށް ޠަލާލު ދިން އިންޓަވިއުގައި ބުނެފައިވަނީ، އެ އެސޯސިއޭޝަނާ ގުޅިގެން އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާކަމާއި އަދި އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ވެސް ރަގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން، މި މައްސަލަތައް ހައްލު ނުކޮށް އިންތިހާބަށް ދިއުމަކީ ރަގަޅު ގޮތް ނޫންކަމުން އެކަން މަޑުޖައްސާލަން ނިންމީ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި އެ އެސޯސިއޭޝަނާ ގުޅޭގޮތުން، އަމިއްލަ ފަރާތްތަކުން ވެސް، ކުޅުންތެރިންގެ ފަރާތުން ވެސް، ދެން، އަސާސީ ގަވާއިދުގައި އެ ހުރި ކަންތައްތައް ރަނގަޅުނުކޮށް، އިންތިހާބަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" 

އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ސްޕޯޓްސް ކޮމިޝަނަރ ޠަލާލު

މީގެ އިތުރުން މިހާރު އެސޯސިއޭޝަން އިންތިހާބުގައި ވޯޓު ލެވޭ މެމްބަރުންނަކީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ގޮތަކަށް އެ އިހްތިޔާރު ލިބިފައިވާ ބައެއްކަމަށް ގަބޫލު ކުރެވޭތީ، އިންތިހާބުގެ ކުރިން އެކަންކަން ރަގަޅު ކުރަންޖެހޭކަމަށް ވެސް ޠަލާލު ބުނެފައިވެއެވެ. އަދި ފާއިތުވި ދައުރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވުމަކީ ވެސް އިންތިހާބު ފަސްކުރަންޖެހޭ އިތުރު ސަބަބެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.

ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކުގެ އިތުރުން އެ ޖަމިއްޔާގެ ރައީސް، މޫސާ ނާޝިދު އަށް ތުހުމަތުވާ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ޝަކުވާތަކެއް ވެސް ސްޕޯޓްސް ކޮމިޝަނަރއަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.