Advertisement

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކުރި ސީޕްލޭން --

14 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން ދައްކާލައިފި

ރާއްޖޭގައި އެއާ އެމްބިއލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސީޕްލޭން ދައްކާލައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިއަދު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޯއެއް އެކްސްގައި ޕޯސްޓް ކުރައްވާފައެވެ.

އެއާ އެމްބިއުލޭންސްއެއްކަން އެނގޭ ގޮތަށް ކުލަ ބަދަލުކޮށް، އެތެރޭގެ ޑިޒައިންވެސް ބަދަލުކޮށްފައިވާ އެބޯޓުގެ ފޮޓޯއެއް ރައީސް ޑރ. މުއިއްޒު އެކްސްގައި ޕޯސްޓް ކުރެއްވި އިރު، އެ ބޯޓާއި ގުޅުވައިގެން އެއްވެސް ތަފްސީލެއް ނުލިޔުއްވައެވެ.

ރާއްޖޭގެ އަމިއްލަ އުޅަނދު ފަހަރުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން އެ ވަޢުދާއި އެއްގޮތަށް މި މާރިޗު މަހުގެ 1 ވަނަ ދުވަހުންފެށިގެން ވަނީ، މޯލްޑިވިއަންގެ ޑޭޝް-8 މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް ޚިދުމަތަށް ނެރެފައެވެ.

ރާއްޖޭގައި މީގެ ކުރިން ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޭނުންކޮށްފައި ވަނީ، މޯލްޑިވިއަންގެ ކޮމާޝަލް ފްލައިޓްތަކާއި، އިންޑިއާއި ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.