Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު --

15 Mar 2024
ޚަބަރު

ވަޒީފާއި އިން ވަކިވުމާއި އެކު ޕެންޝަން ފައިސާ ލިބޭނެ ގޮތް ހެދޭނީ ޤާނޫނު އިސްލާޙްކޮށްގެން: ރައީސުލްޖުމްހޫރިއްޔާ

ވަޒީފާއިން ވަކިވުމަށްފަހު ޕެންޝަން ފައިސާ ނަގަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފުރުޞަތު ލިބޭނީ ޤާނޫނު އިސްލާޙް ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބު ސިލްސިލާގައި މީހަކު ދެންނެވި ސުވާލަަކަށް ދެއްވި ޖަވާބުގައެވެ. އޭނާ ސުވާލުކޮށް އަދި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ވަޒީފާއިން ވަކިވާފަހުން، ވަރަށް ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް ޕެންޝަން ފައިސާއިން ބޭނުން ނުކުރެވޭ މައްސަލައިގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޕެންޝަން ފައިސާ އަކީ ވަކި ޤާނޫނެއްގެ ދަށުން ނެގެމުން އަންނަ ފައިސާއެއް ކަމަށާއި، އެ ފަންޑު ބޮޑުކޮށް ހަރުދަނާ ކުރެއްވުމަކީ އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި ސުވާލުކުރި ފަރާތުން ފާޅުކުރެއްވި ކަންބޮޑުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕެންޝަންގެ ޤާނޫނަށް ބަދަލެ ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި، ޕެންޝަންގެ ޤާނޫނަށް ބަދަލެއް ނުގެނެސް އެފަދަ ކަމެއް ނުކުރެއްވޭނެ ކަމަށެވެ.

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ލިބެން ފަށާނީ، ދިވެހިންގެ ތެރެއިން ވަޒީފާ އަދާކުރި ފަރާތުގެ އުމުރުން 65 އަހަރު ފުރުމަށް ފަހުގައެވެ. ބިދޭސީން ފަންޑަށް ޖަމާކުރި ފައިސާ އެމީހުން ވަޒީފާއިން ވަކިވެ އަނބުރާ ޤައުމަށް އެނބުރިދާއިރު ނެގޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.