Advertisement

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް --

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސާނަވީ މަރުހަލާގައި ކިޔަވާ ކުދިންގެ ދެވަނަ ޓާމުގެ ޓެސްޓްގެ މުއްދަތު ކުރުކޮށްފި

ސާނަވީ ގްރޭޑްތަކުގެ ދެވަނަ ޓާމްގެ ޓެސްޓް ނެގުން ލަސްކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސަރކިއުލާގައި، ބުނެފައި ވަނީ މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ދަށު ސާނަވީ ގުރޭޑްތަކުގެ ދެވަނަ ޓަރމުގެ ޓެސްޓް ނެގުން މާރިޗު 16 އިން އޭޕްރީލް 27 އާއި ދެމެދު ކުރިޔަށް ގެންދިޔުމަށް, ދިރާސީ ކަލަންޑަރުގައި ފާހަގަކޮށްފައި ވީނަމަވެސް، އެމުއްދަތު މާރިޗު 27 އިން އޭޕްރީލް 25އަށް އެޑިޔުކޭޝަނުން ވަނީ ކުރުކޮށްފައެވެ. މިގޮތުން ދެވަނަ ޓަރމުގެ ޓެސްޓްުނެގުމަށް ކުރިން 6 ހަފްތާގެ މުއްދަތެއް ދިރާސީ ކަލަންޑަރުގައި ހިމަނާފައި ވާއިރު، އެއްމުއްދަތުން މިހާރު ވަނީ އެއް ހަފްތާ އުނިކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސަރކިއުލާގައި ބުނެފައި ވަނީ އެބަދަލު ގެނެސްފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިީހުގެ އިންތިޚާބު ބާއްވާ ދުވަހަށް ގެނައި ބަދަލާއި ގުޅިގެން ކަމަށެވެ. އަދި އޭޕްރީލް 20ވާ ހޮނިހިރު ދުވަހު ސްކޫލުތަކުގައި ޓެސްޓް ބާއްވާނަމަ އެކަމާއި ގުޅޭ ގޮތުން އެ ސްކޫލަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާއި މަޝްވަރާކޮށްގެން ކުރިޔަށް  ގެންދިޔުމަށް އެދޭ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ނެރުނު ސަރކިއުލާގައި ބުނެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.