Advertisement

އާޓް އޮފް މައިންޑް ކުރެހުމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައި ދެއްވުން --- ފޮޓޯ: ނޫން

07 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އޯޓިޒަމް އެސޯސިއޭޝަންގެ އާޓް އޮފް މައިންޑް ކުރެހުމުގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ، "އާޓް އޮފް މައިންޑް" ކުރެހުމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައި ދެއްވައިފިއެވެ.

މި މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އިމާރާތުގައެވެ. މައުރަޒު ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މައުރަޒުގެ ކުރެހުންތައް ބަލައްވާލައްވައި، އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ މައުރަޒުގައި، އެ އެސޯސިއޭޝަންގެ 170 ދަރިވަރެއްގެ އާޓް މަސައްކަތްތައް ވަނީ ދައްކާލަން ބަހައްޓާފައެވެ. އަދި މިއަހަރުގެ މައުރަޒުންވެސް ހޮވާލެވޭ ކުރެހުންތައް 2025 ވަނަ އަހަރުގެ ކަލަންޑަރު ހެދުމުގައި ބޭނުން ކުރެވޭނެ ކަމަށާއ، 2023 ވަނަ އަހަރު ބޭއްވި މައުރަޒުގެ ކުރެހުންތައް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން މިއަހަރު ނެރުނު ކަލަންޑަރުގައިވެސް ހިމަނާފައިވާކަން އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

އޯޓިޒަމާއި އެކި އެކި ޑިވެލޮޕްމަންޓަލް ޑިސްއޯޑަރތައް ހުންނަ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، އެކުދިންނަކީ މުޖުތަމައުގައި ޤަދަރުވެރި އަދި ފާހަގަކޮށްލެވޭ ހުނަރުވެރި ބަޔަކަށް ހަދައިދިނުމަށްޓަކައި އެސެންޓަރުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ އާޓް އޮފް މައިންޑް، ކުރެހުމުގެ މަރުކަޒު ބާއްވާ މިއީ ހަވަނަ އަހަރެވެ.

އަދި މައުރަޒުގައި ދަރިވަރުން ބައިވެރިކޮށްފައިވާ ކުރެހުންތަކުގެ ތެރެއިން ހޮވާލެވޭ ކުރެހުންތައް، ޤައުމީ އަދި ބައިނަލް އަޤުވާމީ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ބައިވެރި ކުރެވޭނެ ކަމުގައިވެސް އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަދާ މާދަމާވެސް މި މައުރަޒު ހުޅުވިފައި ހުންނާނެއެވެ. މިގޮތުން މާދަމާ މި މައުރަޒު ހުޅުވިފައި ހުންނާނީ، މެންދުރު 2 އިން ހަވީރު 6 އަށެވެ. މައުރަޒުގެ ކުރެހުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް، އާއްމުކޮށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.