Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތެރެއިން --

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ މިއަދު ކެންސަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ހަމަޖައްސައި އެޖަލްސާ ފަށާގޮތަށް އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ރަށުގައި ވަޑައިގެން ނޫޅުއްވާތީ، މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން، ޖަލްސާގެ ރިޔާސަތުގައި އިށީނދެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބުދުލ ޣަފޫރު މޫސާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ރިޔާސަތުގައި އިށީނދެ ވަޑައިގެންނެވުމަށްފަހުގައި، މަޖިލީހުގެ ކޯރަމް ހަމަނުވާ ކަމަށާއި، ކޯރަމް ހަމަވޭތޯ ބެލުމަށް 9:30 އާއި ހަމައަށް މަޑުކުރައްވާނެ ކަމުގައި ރިޔާސަތުން އިއުލާނު ކުރެއްވިއެވެ. އެހެން ނަމަވެސް 9:30 ވީއިރުވެސް ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލްކޮށް މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމުގައި ރިޔާސަތުން އެންގެވިއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޟިރުވެ ވަޑައިގެންނެވީ ޖުމުލަ 11 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުހިއްމު ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. އޭގެ ތެރޭގައި، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާއި ބެހޭ ބިލާއި، ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލާއި، މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ގުޅޭ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާއި ގުޅޭ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހް ގެނައުމުގެ ބިލަށް ވޯޓަށް އެހުމާއި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރާއި، މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލައިގެ ޤަރާރާއި، ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ މަސައްކަތް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރި އިރު، ހުސްވި ހަފްތާއިން ފެށިގެން މަޖިލީހުގެ އާއްމު ތާވަލާއި އެއްގޮތަށް ޖަލްސާތައް ނުބޭއްވުމަށް، ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ބާއްވާފައި ވަނީ މަޖިލީހުގެ އެންމެ ޖަލްސާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން ހަފްތާގެ ތިން ދުވަހު ނުބާއްވާ ގޮތަށް ހަމަޖެއްސީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ދަ ޑިމޮކްރެޓްސް ފިޔަވައި އެހެންޕާޓީ ތަކުގެ މެމްބަރުން އެކަމަށް އެދިވަޑައިގެންނެވެ. 

ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް ވަނީ، މަޖިލީހުގެ ޖަލްސާތައް ޤަވާއިދާއި އެއްގޮތަށް ބޭއްވުމަށް ގޮވާލައި، މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލައެއްވެސް ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.